ޚަބަރު

ދަރުމަވަންތަ ސްކޫލް އަޅާނީ މާލޭ ޖަލު ހުރި ތަނުގައި: މިނިސްޓަރ އައިޝަތު އަލީ

އިމާރާތް ބާ ވުމުގެ ސަބަބުން ކުރީގެ ސަރުކާރުން ތަޅާލާފައިވާ ދަރުމަވަންތަ ސްކޫލް އަޅާނީ މާލޭ ޖަލު ހުރި ތަނުގައި ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެފިއެވެ.

މިހާރު ދަރުމަވަންތަ ސްކޫލް ހިންގަނީ ވަގުތީ އިމާރާތެއްގައެވެ. އެއީ ވެލާނާގެ ކައިރީގައި ހަދާފައިވާ ވަގުތީ ތަނެއްގައެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެޑިއުކޭޝަން މިނިސްޓަރ ޑރ. އާއިޝަތު އަލީ ވިދާޅުވީ އާ މޮޑަލް އަކަށް އިމާރާތްކުރާ ދަރުމަވަންތަ ސްކޫލްގެ މަސައްކަތް އަންނަ މަހު ފެށޭނެ ކަމަށެވެ. އަދި އެ ސްކޫލަކީ 1000 ކުދިންގެ ޖާގައިގެ ސްކޫލެއް ކަމަށް ވެސް އެކަމަނާ ވިދާޅުވިއެވެ.

މީގެއިތުރުން ހުޅުވާލެ ދެވަނަ ފިޔަވަހީގައި ވެސް ސްކޫލެއް އިމާރާތްކުރަން ނިންމާފައިވާ ކަމަށް ވެސް މިނިސްޓަރ ވިދާޅުވިއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!