ޚަބަރު

މޫސަ، އެމްޑީޕީއަށް: މަޖިލީހުން ގޮތް ނިންމަވާ، އަޣްލަބިއްޔަތު ތިއޮތީ ބޮޑުކޮށް!

ދެން އެމްވީ ، ދެން އޮންލައިން

އާ ކައުންސިލަރުން އިންތިހާބު ކުރެވެން ދެން މިހާރު ތިބި ކައުންސިލަރުން މަގާމުގައި ތިބެވޭ ގޮތަށް ގާނޫނު އަސާސީ އިސްލާހު ކުރުމާ މެދު އުފެދިފައިވާ ހިޔާލު ތަފާތުވުންތަކާ ގުޅިގެން ރައްޔިތުންގެ މަޖިލީހުން ސުޕްރީމް ކޯޓުގެ ލަފައެއް ހޯދަން އުޅުން ކުރީގެ ނައިބް ރައީސް މޫސާ މަނިކު އެމްޑީޕީއަށް ފާޑުވިދާޅުވެއްޖެއެވެ.

Ads by MWSC

ކޮވިޑް-19 ގެ ބަލިމަޑިކަމުގެ ހާލަތުގެ ސަބަބުން ކައުންސިލް އިންތިހާބު ނުބޭއްވޭއިރު، މިހާރު ތިބި ކައުންސިލަރުންގެ ދައުރު އަންނަ ޖޫން މަހުގެ ތިންވަނަ ދުވަހަށް ހަމަވެ އެވެ. ސަރުކާރުން ފޮނުވާފައި ވަނީ އެ އަންނަ ގާނޫނީ ހުސްކަމުގެ މުއްދަތުގައި މިހާރު ތިބި ކައުންސިލަރުން ތިބުމަށް ގާނޫނު އަސާސީ އިސްލާހު ކުރުމަށެވެ.

މިކަމާ ގުޅިގެން މޫސަ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ޤާނޫނީ ގޮތުން ނިންމެން އޮންނަކަންކަން މަޖްލީހުން ނިންމުމުގެ ބަދަލުގައި ސުޕްރީމް ކޯޓަށް ފޮނުވާ ކޯޓުން ގޮތް ނިންމާނީ ފާޑުކިޔާ މީހުން ވަކި މެޖޯރިޓީއެއް ޕާޓީ ތެރެއިން ނުލިބުނީމާ ކަމަށެވެ.

"ސުޕްރީމް ކޯޓަށް ގޮތްނިންމަން ފޮނުވަނީކަން އެނގޭ. ބަލި ޤަބޫލުކޮށް މަޖިލީހުން ގޮތްނިންމަވާ. އަޣްލަބިއްޔަތު ތިއޮތީ ބޮޑުކޮށް." މޫސަ ވިދާޅުވިއެވެ.

ގާނޫނު އަސާސީ އިސްލާހު ކުރުމާ ގުޅޭ ގޮތުން ސުޕްރީމް ކޯޓުގެ އިޝްތިޝާރީ ލަފައެއް ހޯދުމަށް ރައްޔިތުންގެ މަޖިލީހުގެ ތަޅުމަށް ހުށަހެޅުއްވީ ހަނިމާދޫ ދާއިރާގެ މެންބަރު އަބްދުލް ޣަފޫރު މޫސަ އެވެ.

ސުޕްރީމް ކޯޓުގެ ލަފައެއް ހޯދަން ތަޅުމަށް ހުށަހެޅިއިރު، ކައުންސިލްތަކަށް އަންނަ ގާނޫނީ ހުސްކަން ފޫބެއްދޭނީ ކައުންސިލްތަކުގެ ދައުރު ދިރުކުރަން ގާނޫނު އަސާސީ އިސްލާހުކޮށްގެން ކަމަށް ބަންޑާރަ ނައިބު އިބްރާހިމް ރިފްއަތާއި މަޖިލީހުގެ ކައުންސިލަ ޖެނެރަލް ފާތިމަތު ފިލްޒާ މަޖިލީހަށް ލަފާ ދެއްވި އެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!