ޚަބަރު

ލޮކްޑައުންއަށް ލުއި ދިނުމާއެކު އަނެއްކާ ބަލިފެތުރުނަސް ހިފަހައްޓާލެވޭނެ: އަލީ ލަތީފް

ދެން އެމްވީ ، ދެން އޮންލައިން

މާލޭގެ ލޮކްޑައުންއަށް ލުއި ދިނުމާއެކު އަނެއްކާ ބަލިފެތުރުނު ނަމަވެސް ހިފަހައްޓާލެވޭނެ ކަމަށް ޑރ. އަލީ ލަތީފް ވިދާޅުވެއްޖެއެވެ.

Ads by MWSC

ކޮވިޑް ފެތުރެން ފެށުމާއެކު މާލެ ލޮކްޑައުންކޮށްފައި އޮތް އޮތުމަށް މާދަމާއިން ފެށިގެން ލުއިތަކެއް ދިނުމަށް މިހާރު ވަނީ ނިންމާފައެވެ.

މި ލުއިތައް އިއުލާނު ކުރުމަށް މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ. އަލީ ލަތީފް ވިދާޅުވީ ވޭތުވެދިޔަ ދެ ހަފްތާގައި ރާއްޖެއިން ބައްޔަށް ފައްސިވާ މީހުންގެ އަދަދު މަދުވެފައިވާކަމަށާއި އެއީ ހެޔޮފާލެއްކަމަށެވެ.

އެންމެ ފުރަތަމަ މި ބަލި ފެނުނު ދުވަސްވަރު ބަލި ޖެހޭ މީހުންނާއި ދިމާވާ މީހުންގެ އަދަދު ގިނަ ނަމަވެސް ފުރަބަންދުގެ ސަބަބުން އެ އަދަދުވެސް މަދުކުރެވިފައިވާކަމަށާއި، އެގޮތުން ކުރިން ބިދޭސީން އޭރު 45 މީހުންނާއި ބައްދަލުވެފައިހުރި އިރު އެޅި ފިޔަވަޅުތަކާއެކު މިހާރު ބިދޭސީން ބައްދަލުވާ މީހުންގެ ޢަދަަދު މަދުކަން ޑޮކްޓަރ ފާހަގަކުރެއްވިއެވެ.

އަދި ބަލިމަޑުކަމުގެ ކުރީކޮޅު ދިވެހިން އެވްރެޖްކޮށް 33 މީހުންނާއި ބައްދަލުވިނަމަވެސް މިހާރު ބައްދަލުވާ އަދަދު 6 އަށް ދަށްކުރެވިފައިވާކަމަށްވެސް ޑރ. އަލީ ލަތީފް ވިދާޅުވިއެވެ.

ޑޮކްޓަރު ވިދާޅުވީ ފުރަބަންދަށް ލުއިދޭ އިރު ވިސްނި އެންމެ މުހިއްމުކަމަކީ ބަލިޖެހޭ މީހުންނަށް ފަރުވާދެވޭނެ އިންތިޒާމުތައް ހަމަޖެހިފައި ހުރުން ކަމަށާއި ބައްޔަށް ފަރުވާދިނުމާއި، ޓެސްޓް ހެދުމާއި ސާމްޕަލް ނެގުމުގައި ކުރިއެރުންތަކެއްލި ފަރުވާ ދިނުމުގައި ޤާބިލުކަން މިހާރު އެބަހުރިކަމަށެވެ.

"އަޅުގަނޑުމެން ފަށައިގެން އިރު ސީދާ ކޮވިޑަށް ޚާއްސަ ފަރުވާދޭ ހޮސްޕިޓަލެއް ނެތް. އެެހެންނަމަވެސް މިހާރު ސީދާ ފަރުވާ ދިނުމަށް ހުޅުމާލެ މެޑިކަލް ފެސިލިޓީވަނީ ތައްޔާރުވެފައި. އަދި ޓްރީ ޓޮޕް ހޮސްޕިަޓަލު އެބަހުރި މިބައްޔަށް ފަރުވާދިނުމަށް ތައްޔާރުވެފައި. މެ ދެތަން އެއްވީމަ ގާތްގަނޑަކަށް 300 އަށްވުރެ ގިނަ އެނގުވަނީ ލިބިފައި" ޑރ. އަލީ ލަތީފް ވިދާޅުވިއެވެ.

ކުރިއަށް އޮތް ދެ ހަފްތާއަށް ފުރަބަންދަށް ލުއިދޭން ނިންމިނަމަވެސް ބަލި ފެތުރުން އިތުވާނަމަ އަލުން ފުރަބަންދަށް ދާން ޖެހިދާނެކަމުގެ އިންޒާރު ޑރ. ޢަލީ ލަތީފްވަނީ ދެއްވާފައެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!