ޚަބަރު

ގެއަކުން ހަފުތާއަކު އެއްފަހަރު ތިން މީހަކަށް ބޭރަށް ދިއުމަށް ހުއްދަ ދޭނެ: އަމީން

ދެން އެމްވީ ، ދެން އޮންލައިން

މާލޭގެ ލޮކްޑައުންއަށް ދޭ ލުއިތަކުގެ ދަށުން ގެއަކުން ހަފުތާއަކު އެއްފަހަރު ތިން މީހަކަށް ބޭރަށް ދިއުމަށް ހުއްދަ ދޭނެ ކަމަށް ހެލްތު މިނިސްޓަރު އަބްދުﷲ އަމީން ވިދާޅުވެއްޖެއެވެ.

Ads by Sosun Fihaara

މާލޭގެ ލޮކްޑައުން މާދަމާ ހަމަވާތީ، ލުއި ދޭން ނިންމާފައި ވަނީ ފިޔަވަހިތަކަކަށް ބަހާލައިގެންނެވެ. ފުރަތަމަ ފިޔަވަހީގައި ލުއި ދޭން ނިންމާފައި ވަނީ ދެ ހަފުތާ އަށެވެ. އެގޮތުން މާދަމާ އިން ފެށިގެން ކޮންމެ ގެއަކުން ވެސް ބޭރަށް ނުކުމެ އުޅެން ހުއްދަ ދޭ މީހުންގެ އަދަދާއި ބޭރުގައި އުޅުމުގެ ވަގުތު ވެސް އިތުރުކުރަން ވަނީ ނިންމައިފަ އެވެ.

މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު އަމީން ވިދާޅުވީ ފުލުހުންގެ ހުއްދަ ހޯދައިގެން މާދަމާ އިން ފެށިގެން ކޮންމެ ގެއަކުން ތިން މީހުންނަށް ދެ ގަޑި އިރަށް ނުކުމެ އުޅެވޭނެ ކަަމަށެވެ. އެންމެ ބޮޑު ލުޔެއް ގޭގެ އިން މީހުން ނުކުމެ އުޅެން ދިން އިރު، މި ހާލަތުގައި ސްކޫލްތަކާއި އޮފީސްތައް ނުހުޅުވާނެ އެވެ.

މިނިސްޓަރު އަމީން ވިދާޅުވީ ލޮކްޑައުން މުޅިން އުވާނުލައި ލުއިދޭން ނިންމީ އަދިވެސް ކޮވިޑް-19 އާއްމުންގެ ތެރެއިން ފިލައިގެން ނުދާތީ ކަމަށެވެ. އެކަމަކު މި ލުއިދެނީ، ދެ ހަފުތާ ތެރޭގައި ބަލީގެ ހާލަތު ވަަރަށް ބޮޑަށް މޮނިޓަކުރާ ގޮތަށް ކަމުގެ ޔަގީންކަން ދެއްވި އެވެ.

މި މުއްދަތުގައި ފައްސިވާ މީހުންގެ އަދަދު މިހާރަށް ވުރެން އިތުރުވެ ހާލަތު ގޯސްވެއްޖެ ނަމަ ފަރުވާ ދެވޭ ވަރަށް ތައްޔާރުވެފައިވާ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

Ads by PNC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!