ޚަބަރު

މަޖިލީހަށް ނަޔަސް ގާނޫނު އިސްލާހު ކުރެވޭނެ: ރޮޒެއިނާ

ދެން އެމްވީ ، ދެން އޮންލައިން

ރައްޔިތުންގެ މަޖިލީސް ކުރާ ގެޔަށް ނަޔަސް ގާނޫނު އިސްލާހު ކުރެވޭނެ ކަމަށް އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒެއިނާ އާދަމް ވިދާޅުވެއްޖެއެވެ.

މާލޭގައި ކޮވިޑް ފެތުރެން ފެށުމާއެކު މަޖިލީހުގެ ޖަލްސާތައް ވެބް ކޮންފަރެންސްކޮށް ކުރިއަށް ގެންދަން ފެށިއެވެ. ނަމަވެސް މިހާރު އަނެއްކާ ވެސް ވަނީ މަޖިލީހުގެ ތަޅުމުގައި ޖަލްސާތައް ބާއްވަން ފަށާފައެވެ. މިކަމާ ގުޅިގެން ބައެއް މެމްބަރުން ވަނީ ނުރުހުން ފާޅު ކުރައްވާފައެވެ.

ގާނޫނޫ އިސްލާހު ކުރަން ސުޕްރީމް ކޯޓުގެ ލަފައަކަށް އެދުމަށް ވޯޓު ނެގުމަށް ރޭ ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ރޮޒެއިނާ ވިދާޅުވީ ކޮވިޑާ ގުޅިގެން ގޭގައި ތިބެގެން ވެސް މި ހާއްސަ ހާލަތުގައި ހިންގަން ބިލްތަކެއް ފާސްކޮށްފައިވާ ކަމަށާއި އެގޮތުން ޒަމާނީ ޓެކްނޮލޮޖީގެ އެހީގައި ރާއްޖެއިން ބޭރުގައި ތިއްބެވި މެމްބަރުންގެ ވެސް ބައިވެރިވުމާއެކު މަޖިލީހުގެ މަސައްކަތްތައް ކުރިއަށް ގެންދެވުނު ކަމަށެވެ.

އެގޮތުން މަޖިލީހުގެ ޗެމްބަރަށް ގާނޫނު އަސާސީ އިސްލާހު ކުރަން ކޮންމެހެން އައިސް ތިބެންޖެހޭ އެއްވެސް ސަބަބެއް ނުފެންނަ ކަމަށް ރޮޒެއިނާ ވިދާޅުވިއެވެ. އަދި އެ ހާލަތެއްގައި އެކުރަން އޮންނަ ގޮތަކަށް އެކަންކަން ކުރުމަކީ އިންސާނުންނަށް ބުއްދި ދީފައި ހުންނަ ސަބަބު ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

މީގެއިތުރުން ރޮޒެއިނާ ވަނީ މި ހާލަތުގައި ރައްޔިތުންގެ ހިޔާލާއި މަޝްވަރާ ހޯދޭނެ ގޮތެއް ނެތް ކަމަށް ބުނެ ގާނޫނު އަސާސީ އިސްލާހު ކުރަންވުމުން ބައެއް މެމްބަރުން ދައްކާ ބަހަނާތައް ރައްޔިތުން ބަލައިނުގަންނާނެ ކަމަށްވެސް ވިދާޅުވެފައެވެ.

އެގޮތުން މީގެކުރިން ވެސް ޓެކްނޮލޮޖީގެ އެހީގައި ރައްޔިތުންގެ ހިޔާލާއި މަޝްވަރާ އެކި ކަންކަމުގައި ހޯދާފައިވާ ކަމަށާއި އެހެންކަމުން ރައްޔިތުންނާއި ކޮމިއުނިކޭޓް ކުރެވޭނެ ހާލަތެއް ނެތޭ މިއަދު ބުނެވޭނެ ޖާގައެއް ނެތް ކަމަށްވެސް ރޮޒެއިނާ ވިދާޅުވިއެވެ.

"މި ޒަމާނުގައި ގިނަ ފަހަރަށް ކޮމިއުނިކޭޓް ކުރަނީކީ ވެސް ހޮޅިއަށްޓަކުން ނޫން. މިހާރުވެސް މިއަދުވެސް ފޯނުގައި ހުންނަ ވައިބާ ގްރޫޕްތަކާއި، ވަޓްސްއެޕް ގްރޫޕްތަކާއި ފޯނު ކޯލުތައް މެދުވެރިކޮށް، މެސެޖިން މެދުވެރިކޮށް ބޭނުންވާ ހިޔާލެއް ބޭނުންވާ މީހެއް ކައިރިން ހޯދޭނެ" ރޮޒެއިނާ ވިދާޅުވިއެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!