ޚަބަރު

އެޗްއައިއެޗްގައި ގައި މަސައްކަތް ކުރާ އަންހެން މުވައްޒަފަކަށް ފުލުހަކު ޖިންސީ ފުރައްސާރަ ކުރި މައްސަލައެއް ބަލަނީ

ދެން އެމްވީ ، ދެން އޮންލައިން

ހުޅުލޭ އައިލެންޑް ހޮޓެލް ކަރަންޓީން ފެސިލިޓީ ގައި މަސައްކަތް ކުރާ އަންހެން މުވައްޒަފަކަށް ފުލުހަކު ޖިންސީ ފުރައްސާރަ ކުރި މައްސަލައެއް ފުލުހުން ބަލަން ފަށައިފިއެވެ.

ފުލުހުން ބުނީ އެޗްއައިއެޗްގައި ގާއިމްކޮށްފައިވާ އައިސޮލޭޝަން ފެސިލިޓީގައި މަސައްކަތް ކުރާ ފުލުހަކު، އެތަނުގައި މަސައްކަތް ކުރާ އަންހެން މުވައްޒަފަކާ މި މަހުގެ 24 ވަނަ ދުވަހު ޖިންސީ ފުރައްސާރަ ކުރި މައްސަލައެއް ފުލުހުންނަށް ހުށަހެޅިފައިވަނީ މިމަހުގެ 26 ވަނަ ދުވަހު ކަމަށެވެ.

ފުލުހުން ބުނީ އެ މައްސަލައިގެ ޖިނާއީ ތަހުގީގެއް ކުރަމުންދާ ކަމަށާއި އެ މައްސަލަ ފުލުހުންގެ ޕްރޮފެޝަނަލް ސްޓޭންޑާޑްސް އިން ތަހުގީގު ކުރަމުންދާ ކަމަށެވެ.

ކޮވިޑް19 އާއި ގުޅިގެން ގާއިމްކޮށްފައިވާ ކަރަންޓީނު ފެސިލިޓީތަކާއި އައިސޮލޭޝަން ފެސިލިޓީތަކުގެ ސެކިޔުރިޓީ ބެލެހެއްޓުމުގައި ފުލުހުން ހަރަކާތްތެރިވާއިރު އެތަންތަނުގައި ޑޮކްޓަރުންނާއި ނަރުހުން އަދި އެހެން އިދާރާތަކުގެެ މުވައްޒަފުންވެސް މަސައްކަތް ކުރެއެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!