އަނެއްކާވެސް އެމްޑީޕީ މެމްބަރުންގެ ހޫނު ޒުވާބެއް، މިފަހަރު ސަރުކާރުގެ ޕީއާރަށް!
ރައީސް އިބްރާހިމް މުހައްމަދު ސޯލިހުއަށް ތައުރީފުކޮށް ރާއްޖޭގެ ތިން އޮންލައިން ނޫހެއްގައި ލިޔެފައިވާ އެއްގޮތް ލިޔުންތަކެއްގެ މައްސަލާގައި އެމްޑީޕީ މެމްބަރުންގެ ހިޔާލު ތަފާތު ވެއްޖެއެވެ.
"ކޮވިޑް-19އަކީ ރައީސް ސާލިހުގެ ކެތްތެރިކަމާއި ހިކުމަތްތެރިކަން ވަޒަންކޮށްލި ވަރުގަދަ އިމްތިހާނެއް!" މި ނަމުގައި ތިން އޮންލައިން ނޫހެއް ކަމަށްވާ "ރާއްޖެއެމްވީ"، "ސީއެންއެމް" އަދި "ފެށުން" ގައި ލިޔެފައިވާ ލިޔުން އަކުރުން އަކުރަށް އެއްގޮތެވެ.
މިކަމާ ގުޅިގެން މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީ (އިންތި) ވިދާޅުވީ އެމްޑީޕީން ގެނައި ސަރުކާރެއްގައި އަކުރުން އަކުރަށް އާޓިކަލް ލިޔެގެން ދެ ތިން ނޫހަކަށް އެއް އާޓިކަލެއް ސަރުކާރުން އެއްފަހަރާ ފޮނުވާފައިވާ ކަމަށެވެ.
އިންތިގެ ޓްވީޓަށް ރިޕްލައި ކުރައްވަމުން އުނގޫފާރު ދާއިރާގެ އެމްޑީޕީ މެމްބަރު މުހައްމަދު ވަހީދު (ވައްޑެ) ވިދާޅުވީ އެމްޑީޕީ ސަރުކާރުގެ ޕީއާރު ހިންގަވަން ތިބި ބޭފުޅުން ވަރަށް ދެރަވަރު ކަމަށް އެބަ ފާހަގަ ކުރެވޭ ކަމަށެވެ.
Alhugandumen genai sarukaareh gai noosverinnah mihen nuhehdhevun edhen. Word for word ah Article liyegen 2 noohakah eh article eh ehfahara fonuhvaafai mi othee