Wednesday, 28 October 2026
Advertisement
STO — McCoy (leaderboard)
ޚަބަރު

ކޮވިޑްގެ ނުރައްކާ ކުޑައެއް ނުވޭ، ހުއްދަތައް ނަހަމަ ގޮތުގައި ބޭނުން ނުކުރައްވާ: އިމްރާން

މާލެ ސަރަހައްދުގެ ލޮކްޑައުނަށް ލުއި ދިން ނަމަވެސް ކޮވިޑް-19ގެ ނުރައްކާ އަދިވެސް ކުޑަ ނުވާ ކަމަށާއި އެހެންކަމުން ގެއިން ބޭރަށް ނިކުތުމަށް ދީފައިވާ ހުއްދަތައް ނަހަމަ ގޮތުގައި ބޭނުން ނުކުރަން ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އެދިވަޑައިގެންފިއެވެ.

ފިޔަވަހިތަކަކަށް ބަހާލައިގެން ލުއި ދޭން ނިންމާފައިވާ އިރު ފުރަތަމަ ދެ ހަފުތާގައި ބޭރަށް ނުކުމެ، ކަސްރަތު ކުރަން ފުރުސަތު ދިނީ އުމުރުން ދުވަސްވީ މީހުންނަށެވެ. އުމުރުން 65 އަހަރުން މަތީގެ މީހުންނަށް ފުލުހުންގެ ހުއްދައާ އެކު ފަތިހު 5:00 އިން ހެނދުނު 8:00 އަށް ބޭރު ތެރޭގައި ހަރަކާތްތެރިވެ އުޅެވޭނެ އެވެ.

މިނިސްޓަރު އިމްރާން މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރައްޔިތުންގެ ޒަރޫރީ ބޭނުންތައް ފުއްދުމަށް ލޮކްޑައުނަށް ލުއި ދެވުނު ނަމަވެސް ކޮވިޑް-19 ގެ ނުރައްކާ އަދި ބޮޑުތަނުން ލުއިނުވާ ކަމަށެވެ. އެހެންކަމުން ކަމާގުޅޭ ފަރާތްތަކުގެ އިރުޝާދަށް ތަބާވެ، ކޮންމެހެން ނިކުންނަން ނުޖެހޭނަމަ ނުނިކުތުމަށާއި ދެވޭ ހުއްދަތައް ނަހަމަ ގޮތުގައި ބޭނުން ނުކުރުމަށް ރައްޔިތުންގެ ކިބައިން އިމްރާން ވަނީ އެދިވަޑައިގެންފައެވެ.

Advertisement
HDC — Sidebar (box)

ދިން ލުއިތައް ކުޑަ ކަމަށް ބުނެ މީހުން ނުރުހުންފާޅު ކުރަމުން ދިޔަ ނަމަވެސް ފުރަތަމަ ދެ ހަފުތާގައި ލުއި މިދިނީ، ބަލީގެ ނުރައްކާ އާއްމުންގެ ތެރޭގައި ކުޑަވަގެން ނޫން ކަމަށް ސިއްހީ ދާއިރާގެ ބޭފުޅުން ގެންދަވަނީ ވިދާޅުވަމުންނެވެ. އެތައް ދުވަހަކު ބަންދުވެ ތިބެން ޖެހުމުން، ލުއިތަކެއް މިދިނީ ވިޔަފާރިކުރުމާއި ބޭރަށް ނުކުމެ އުޅުމާއި ސިއްހީ ޚިދުމަތްތަކަށް ފަސޭހަ އިން ފުރުސަތު ލިބޭ ގޮތަށް ކަމަށް އެ ބޭފުޅުން ވިދާޅުވެ އެވެ.

ރިއެކްޝަން

Advertisement
HDC — Sidebar (box)

ކޮމެންޓް