Wednesday, 28 October 2026
Advertisement
STO — McCoy (leaderboard)
ޚަބަރު

ކޮވިޑަކީ ރައީސް ސޯލިހު ފިނޑިކަމާއި ވާނުވާ ނޭނގޭކަން ހާމަވެގެންދިޔަ އިމްތިހާނެއް: އަދުރޭ

ކޮވިޑް-19 އަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ފިނޑިކަމާއި ވާނުވާ ނޭނގޭކަން ހާމަވެގެންދިޔަ އިމްތިހާނެއް ކަމަށް ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ(އަދުރޭ) ވިދާޅުވެއްޖެއެވެ.

އަދުރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ކޮވިޑް-19 އަކީ ރައީސް ސޯލިހުގެ ފިނޑިކަމާއި ނާގާބިލް ކަމުގެ އިތުރުން އިހުމާލު ވުމާއި، މަކަރާއި ހީލަތް ހެދުމާއި ގޮތް ދޫނުކުރުމާއި ވާނުވާ ނޭނގޭކަން އެންމެނަށް ހާމަވެ، ރައްޔިތުންގެ ކުރިމަތީ ފަލީހަތްވެ، ބޭޒާރުވެގެން ދިޔަ ވަރުގަދަ އިމްތިހާނެއް ކަމަށެވެ.

Advertisement
Allied — Dhen Online (box)
— Abdul Raheem Abdulla (@Banafsaa) May 28, 2020

އަދުރޭ ކުރެއްވި އެހެން ޓްވީޓެއްގައި ވިދާޅުވީ ރައީސް ސޯލިހު ކެތްތެރިކަމުގެ ހާއްސަ ބައެއް ސިފަތަކުގެ ތެރޭގައި ވާނުވާ ނޭނގުމާއި، ނާގާބިލްކަމާއި، ޒިންމާ އިން ރެކުމާއި، އިހުމާލުވުމާއި، ދައްކާ ވާހަކައިގެ ދެކޮޅު ދިމާނުވުމުގެ އިތުރުން މަކަރުވެރި ކަމާ ހީލަތްތެރިކަން ހިމެނޭ ކަމަށެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހުއަށް ތައުރީފުކޮށް ރާއްޖޭގެ ތިން އޮންލައިން ނޫހެއްގައި މިއަދު ލިޔެފައިވާ އެއްގޮތް ލިޔުންތަކެއްގެ މައްސަލާގައި އެމްޑީޕީ ބައެއް މެމްބަރުން ވަނީ ހިޔާލު ތަފާތުވެފައެވެ.

"ކޮވިޑް-19އަކީ ރައީސް ސާލިހުގެ ކެތްތެރިކަމާއި ހިކުމަތްތެރިކަން ވަޒަންކޮށްލި ވަރުގަދަ އިމްތިހާނެއް!" މި ނަމުގައި ތިން އޮންލައިން ނޫހެއް ކަމަށްވާ "ރާއްޖެއެމްވީ"، "ސީއެންއެމް" އަދި "ފެށުން" ގައި ލިޔެފައިވާ ލިޔުން އަކުރުން އަކުރަށް އެއްގޮތެވެ.

މިކަމާ ގުޅިގެން މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީ (އިންތި) ވިދާޅުވީ އެމްޑީޕީން ގެނައި ސަރުކާރެއްގައި އަކުރުން އަކުރަށް އާޓިކަލް ލިޔެގެން ދެ ތިން ނޫހަކަށް އެއް އާޓިކަލެއް ސަރުކާރުން އެއްފަހަރާ ފޮނުވާފައިވާ ކަމަށެވެ.

ރިއެކްޝަން

Advertisement
HDC — Sidebar (box)

ކޮމެންޓް