ޚަބަރު

ކޮވިޑާއެކު ރާއްޖެއިން ފެންނަނީ ނަފްރަތާއި ބައިބައިވުން އިތުރުވެގެންދާ މަންޒަރު: މަހްލޫފް

ދެން އެމްވީ ، ދެން އޮންލައިން

ކޮވިޑް ފެތުރެން ފެށުމާއެކު ރާއްޖެއިން ފެންނަމުން މިދަނީ ނަފްރަތާއި ބައިބައިވުން އިތުރުވާ މަންޒަރު ކަމަށް ޔޫތް މިނިސްޓަރު އަހުމަދު މަހްލޫފް ވިދާޅުވެއްޖެއެވެ.

Ads by STELCO

މިނިސްޓަރު މަހްލޫފް ކުރެއްވި ޓްވިޓެއްގައި ވިދާޅުވީ، ކޮވިޑް-19އާ އެކު އެހެން ގައުމުތަކުން ފެންނަނީ އެކުވެރިވެ ގުޅުން ބަދަހިވާ މަންޒަރު ކަމަށާއި ނަމަވެސް ރާއްޖެ އިން ފެނުނަނީ ބައިބައިވެގެންދާ މަންޒަރު ކަމަށެވެ.

"ރާއްޖެ އިން މި ފެންނަނީ ރުޅިވެރިކަމާއި ނަފްރަތު އަދި ބައިބައިވުން އިތުރުވެގެންދާ މަންޒަރު، މިއީ ވަރަށް ދެރަ ކަމެއް. މިއީ ސިޔާސީ ޓްވިޓެއް ނޫން." މަހްލޫފް ވިދާޅުވިއެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!