Wednesday, 28 October 2026
Advertisement
MWSC — SmartMeter (leaderboard)
ޚަބަރު

އެއިމްސް އިން އައްޑޫގައި ކޮވިޑަށް ޓެސްޓު ކުރަން ފަށަނީ

އައްޑޫ ސިޓީ ފޭދޫގައި ހިންގަމުން އަންނަ އެއިމްސް ޑައިގްނޯސްޓިކް ކެއާއިން އަންނަ ހަފްތާ ތެރޭގައި ކޮވިޑް-19 އަށް ޓެސްޓު ކުރެވޭނެ ގޮތް ހެދުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް އެ ކުންފުނީގެ ސީއީއޯ އަލީ އިހުސާން ވިދާޅުވެއްޖެއެވެ.

އިހުސާން މިރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ކޮވިޑް-19 އިގެ ޓެސްޓު އެއިމްސް ޑައިގްނޯސްޓިކް ކެއާގައި ފެށުމަށް ސަރުކާރުން ހޯދަން ޖެހޭ ހުއްދަ ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އަދި ﷲގެ އިރާދަފުޅާއި އެކު އަންނަ ހަފްތާ ތެރޭގައި ޓެސްޓު ކުރަން ފެށޭނެކަމަށް އޭނާ ވިދާޅުވިއެވެ.

Advertisement
Allied — Dhen Online (box)
— Ali Ihusaan (@ali_ihusaan) May 28, 2020

ރާއްޖޭގައި އަދި މިހާތަނަށް ކޮވިޑަށް ޓެސްޓު ކުރަމުން އަންނަނީ އައިޖީއެމްއެޗް ހޮސްޕިޓަލްގެ އިތުރުން ފުލުހުންގެ ލެބް، އަދި އޭޑީކޭގައެވެ.

އައްޑޫގައި ކޮވިޑް-19 އަށް ޓެސްޓު ކުރެވޭނެ އިންތިޒާމް އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލްގައި ގާއިމް ކުރުމަށް ސަރުކާރުން މަސައްކަތް ކުރަމުން އަންނަ ކަމަށް ވަނީ ބުނެފައެވެ. ނަމަވެސް ރަސްމީ ވަކި ތާރީހެއް ސަރުކާރުން ހާމަކޮށްފައި ނުވެއެެވެ.

ރިއެކްޝަން

Advertisement
Allied — Dhen Online (box)

ކޮމެންޓް