ޚަބަރު

ނުކުޅެދޭ މީހަކު ވެއްޓިފައި އޮއްވާ ފޯނު ވަގަށް ނަގައިފި

ދެން އެމްވީ ، ދެން އޮންލައިން

ތ.ތިމަރަފުށީގައި އުޅޭ ނުކުޅެދިންތެރިކަން ހުންމަ މީހަކު އެ ރަށު މަގެއްގެ މައްޗަށް ވެެއްޓިފައި އޮއްވައި އޭނާގެ ޖީބުގައި އޮތް ފޯނު ވަގަށް ނަގައި އެ ވިއްކާލަން އުޅުނު ބަޔަކު ހައްޔަރުކޮށްފި އެވެ.

Ads by Sosun Fihaara

ފުލުހުން މިއަދު ބުނީ ތިމަރަފުށީގައި ހާއްސަ އެހީއަށް ބޭނުންވާ މީހެއް މަގުމަތީ ވެއްޓިފައި އޮއްވާ އޭނާގެ ޖީބުގައި އޮތް މޯބައިލް ފޯނު ވަގަށް ނެގި މައްސަލައެއް ފުލުހަށް ރިޕޯޓް ކޮށްފައި ވަނީ އިއްޔެ ކަމަށެވެ.

އެ މައްސަލަ ފުލުހުން ތަހުގީގު ކުރަމުން ދަނިކޮށް އެ ފޯނު ވިއްކަން އުޅެނިކޮށް އަތުލައިގަނެފައިވާ ކަމަށް ފުލުހުން ބުންޏެވެ. މި މައްސަލާގައި 30 އަހަރުގެ ދިވެހި ފިރިހެނަކާއި 20 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ.

މި މައްސަލަ ފުލުހުން ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ. އަދި ފޯނުގެ ވެރިފަރާތާ ފޯނު ހަވާލުކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!