Wednesday, 28 October 2026
Advertisement
Ooredoo — Article-Top (leaderboard)
ޚަބަރު

ރައީސް ޔާމީން މިނިވަން ކުރުމަށް މިމަސައްކަތް ކުރަނީ ސިއްރު "ޑީލް"ތައް ހަދައިގެނެއް ނޫން: ޣައްސާން

ޖަލަށް ލާފައިވާ ކުރީގެ ރައީސް އަބްދުﷲ ޔާމީން މިނިވަން ކުރުމަށް އިދިކޮޅުން މަސައްކަތް ކުރަމުން ދަނީ ސިއްރު "ޑީލް"ތައް ހަދައިގެން ނޫން ކަމަށް ޕީޕީއެމްގެ ނައިބު ރައީސް އަދި ގުރައިދޫ ދާއިރާގެ މެމްބަރު މުހައްމަދު ޣައްސާން މައުމޫން ވިދާޅުވެއްޖެއެވެ.

ޣައްސާން މިހެން ވިދާޅުވެފައިމިވަނީ މިހާރު ތިބި ކައުންސިލަރުންގެ ދައުރު އަންނަ މަހު ހަމަވާތީ ގާނޫނު އަސާސީ އަށް ގެންނަން ނިންމާފައިވާ އިސްލާހު ފާސްކުރަން އެއްބާރުލުން ދޭނީ އެމްއެމްޕީއާރްސީގެ މައްސަލާގައި ރަނގަޅު ގޮތެއް ހަދައިދިނުމުން ކަމަށް އިދިކޮޅު މެމްބަރުން ހާމަކުރައްވާފައިވާ ކަމަށް އެމްޑީޕީގެ ބައެއް މެމްބަރުން މިއަދުގެ މަޖިލީހުގެ ޖަލްސާގައި ވިދާޅުވެފައިވަނިކޮށެވެ.

އެކަމާ ގުޅިގެން ޣައްސާން ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރައީސް ޔާމީން ޖަލަށް ލާފައި ވަނީ ނުހައްގުން ކަމަށާއި އެ މަނިކުފާނު މިނިވަންކޮށް ވެރިކަމަށް ގެނައުމުގެ މަސައްކަތް ރާއްޖެއާއި ރާއްޖެއިން ބޭރުގައި އިދިކޮޅުން ކުރަމުން އަންނަނީ ފާޅުކަން ބޮޑުކޮށް ކަމަށެވެ.

Advertisement
Ooredoo — Truecaller (box)

"އެ މަނިކުފާނު މިނިވަންކޮށް ވެރިކަމަށް ގެނައުމުގެ މަސައްކަތް ރާއްޖެއާއި ރާއްޖެއިން ބޭރުގައި އިދިކޮޅުން ކުރަމުން އަންނަނީ ފާޅުކަން ބޮޑުކޮށް. ކެރިގެން. ސިއްރު 'ޑީލް' ތައް ހަދައިގެނެއް ނޫން. އިންޝާﷲ މި މަސައްކަތް ކާމިޔާބު ވާނެ." ޣައްސާން ވިދާޅުވިއެވެ.

ޣައްސާން ކުރެއްވި އިތުރު ޓްވީޓެއްގައި ވިދާޅުވީ އެމްއެމްޕީއާރްސީގެ މައްސަލާގައި ޑީލެއް ހަދަން ނޭދޭ ކަމަށާއި ހުރިހާ ބާރެއް މިއަދު އޮތްއިރު އެ މައްސަލަ ނުބަލާ ލަސްކުރަނީ ކީއްވެގެންތޯ ސުވާލު ކުރައްވާފައެވެ.

"ރައީސް ޔާމީން ޖަލަށްލެވުމުން އިންސާފުގެ ދަތުރު ނިމުނީތޯ. މި މައްސަލަ އަވަހަށް ބައްލަވައި ދެއްވުމަށް ގޮވާލަން" ޣައްސާން ވިދާޅުވިއެވެ.

ރިއެކްޝަން

Advertisement
Ooredoo — Square (box)

ކޮމެންޓް