ޚަބަރު

ކޮރޯނާ ވައިރަސް ބްލޮކް ކޮށްލާ 7 ބޭހެއް ސައިންސްވެރިން ހޯދައިފި

ކޮރޯނާ ވައިރަސް ބްލޮކް ކޮށްލާ ފަދަ 7 ބޭހެއް ސައިންސްވެރިން ހޯދާއިފިއެވެ. މީގެ ތެރޭގައި އެންޒައިޓީ ނުވަތަ ފިކުރު ކުރާ ބައްޔަށް ފަރުވާ ކުރުމަށް އާންމުކޮށް ބޭނުން ކޮށް އުޅޭ ބޭޙެއް ކަމަށް ވާ ޒަނަކްސް ވެސް ހިމެނެއެވެ.

ޔުނިވާސިޓީ އޮފް ބާސެލޯނާ އިން ދެނެގަނެވުނުމު މި ހަތް ބޭހާއެކު ވައިރަހަށް ފަރުވާ ހޯދިދާނެ ކަމުގައި މަގު ވަނީ އަލިވެފައެވެ.

އެ ޔުނިވާސިޓީ އިން ވަނީ ވައިރަސް ބްލޮކް ކޮށްލާ އަދި ހަށިގަނޑުގެ ސެލްތަކުގެ ތެރެއަށް ވަނުމަށް ހުރަސް އަޅާ ބޭސް ތައް ދެނެގަތުމުގެ ގޮތުން ހަ ހާހަށް ވުރެ ގިނަ ބޭހެއްް ތަހުލީލުކޮށްފައިވާ ކަމަށް 'ނޮރިޖް' ގައި ޝާއިއު ކޮށްފައިވާ ސައިންސް ޖާނަލް ގައި ބުނެފައިވެއެވެ. އަދި އެގޮތުން ދެނެގަނެވިފައިވަނީ 7 ބޭހެކެވެ.

ޑެއިލީ މެއިލް އިން ރިޕޯޓުކޮށްފައިވާ ގޮތުގައި އެ ޔުނިވާސިޓީގެ ދިރާސާ ގައި ޒަނަކް ގެ އިތުރުންވެސް ކާބްރޯފަން އާ ސެލެކޯޒިބް ނަމަކަށް ކިޔާ ދެ ބޭހެއް ވަނީ ދެނެގަނެވިފައެވެ. އަދި މި ތިން ބޭހަކީ މިހާތަނަށް ވައިރަހާއި ދެކޮޅަށް އެންމެ ރަނގަޅަށް މަސައްކަތް ކުރާ ތިން ބޭސް ކަން ވެސް އެ ރިޕޯޓުގައި ވަނީ ފާހަގަކޮށްފައެވެ.

މި ބޭސް ތަކުގެ އިތުރު ތަހުލީލުތަށް ކޮށް ސައިޑް އިފެކްޓްސްތައް ދެނެގަތުމުގެ މަސައްކަތް ސައިންސްވެރިން އަންނަނީ މިހާރު ކުރަމުންނެވެ.

ވައިރަސް ބްލޮކް ކޮށްލާ މި ބޭސްތައް ދެނެގަނެވިފައިވާއިރު ސައިންސްވެރިން އަންްނަނީ ރެއާ ދުވާލު މެދުނުކެނޑި ވައިރަހަށް ވެކްސިނެއް ހޯދުމުގެ މަސައްކަތް ވެސް ކުރަމުންނެވެ. އަދި ގިނަ ވެކްސިން ތަކެއް މިހާރުވެސް އަންނަނީ ޓެސްޓު ކުރެވެމުންނެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!