ކުޅިވަރު

ބޭލް ގަންނަން ނިއުކާސަލް ޔުނައިޓެޑުން ތައްޔާރުވެއްޖެ

ދެން އެމްވީ ، ދެން އޮންލައިން

ރެއާލް މެޑްރިޑަށް ކުޅޭ ވޭލްސްގެ ތަރި ގެރެތު ބޭލް ގަތުމަށް ނިއުކާސަލް ޔުނައިޓެޑުން ބިޑުކުރަން ތައްޔާރުވެއްޖެއެވެ.

Ads by MWSC

މިދިޔަ މަހު ސައުދީ އަރަބިއްޔާގެ މަހުޖަނުންތަކެއް އިނގިރޭސި ޕްރިމިއަރ ލީގުގެ ނިއުކާސަލް ގަތުމާއެކު އެކުލަބުން އަންނަ ސީޒަނަށް ބޮޑު ހޭދައެއް ކުރާނެކަމަށްވަނީ ބެލެވިފައެވެ. މިގޮތުން ކުލަބުގެ ވެރިން ކޯޗެއްގެ ގޮތުގައި ގެންނަން ބޭނުންވަނީ މައުރީސިއޯ ޕޮޗެޓީނޯއެވެ. ޕޮޗެޓީނޯ ނިއުކާސަލް ޔުނައިޓެޑާއި ހަވާލު ވާނީ އޭނާ ބޭނުންވާ ކުޅުންތެރިން ގަންނަން ކުލަބުގެ ވެރިން އެއްބަސްވާނަމައެވެ.

އައު ވެރިންނާއިއެކު ނިއުކާސަލް ޔުނައިޓެޑްގެ މާލީ ހާލަތު ރަނގަޅުވާނެއެވެ. އެހެންކަމުން ބޭނުންވާ ކުޅުންތެރިން ގަންނަން ފައިސާގެ ހުރަހެއް ނޯންނާނެއެވެ. އެކުލަބުން އެންމެ ފުރަތަމަ ގަންނަން ތައްޔާރުވަނީ ރެއާލް މެޑްރިޑްގެ ގެރެތް ބޭލްއެވެ. ގެރެތް ބޭލް ގަންނަން އެކުލަބުން ވަނީ 53 މިލިއަން ޑޮލަރުގެ ބިޑެއް ތައްޔާރުކޮށްފައެވެ. ރެއާލްއަށް 2013 ވަނަ އަހަރުގެ ސީޒަނުގައި ބަދަލުވި ބޭލް، އެ ކްލަބާއެކު ހަދާފައިވާ އެއްބަސްވުން 2022 ގެ ނިޔަލަށް އާކޮށްފައިވީ ނަމަވެސް، ކޯޗު ޒިދާންގެ ޕްލޭންގައި ބޭލް ނުހިމެނޭތީ އޭނާ ވިއްކާލުން ގާތްކަމަށް ބެލެވެއެވެ.

ބޭލްވެސް ހުރީ ޕްރިމިއަރ ލީގަށް އެނބުރި އަންނަން ބޭނުންވެފައެވެ. އޭނާގެ ކުރީގެ ކުލަބުން ބޭލް ގަންނާނެކަމުގެ އިޝާރާތެއްކޮށްފައި ނުވިނަމަވެސް ޓޮޓްނަމުން ބޭލް ގަތުމުގެ ރޭހަށް ވަންނާނެކަމަށް މީޑިޔާތަކުން ރިޕޯޓްކުރެއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!