ކޮވިޑް-19 ޖެހިގެން 6 ވަނަ މީހަކު ނިޔާވެއްޖެ
ކޮވިޑް-19 ޖެހިގެން ރާއްޖެއިން އިތުރު މީހަކު ނިޔާވެއްޖެއެވެ.
އެއާއެކު ރާއްޖެއިން ކޮވިޑް-19 ޖެހިގެން ނިޔާވި މީހުންގެ އަދަދު މިވަނީ 6 އަށް އަރާފައެވެ. ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ކޮށްފައިވާ ޓްވީޓެއްގައި ބުނެފައިވަނީ މިއަދު 2:30 ގައި ޓްރީޓޮޕް ހޮސްޕިޓަލުގައި ކޮވިޑް-19 ޖެހިގެން ފަރުވާދެމުންދިޔަ 54 އަހަރުގެ ބަންގަލަދޭޝް ފިރިހެނަކު ނިޔާވެފައިވާ ކަމަށެވެ.
މިއީ ރާއްޖެއިން ކޮވިޑް-19 ޖެހިގެން ނިޔާވި ތިން ވަނަ ބަންގްލަދޭޝް މީހާއެވެ.
ރާއްޖެއިން ކޮވިޑް-19 ޖެހުނު މީހުންގެ އަދަދު މިހާރު ވަނީ 1773އަށް އަރާފައެވެ. ރާއްޖެއިން މި ބަލި ޖެހުނު މީހުންގެ ތެރެއިން 453 މީހަކު ވަނީ ރަނގަޅުވެފައެވެ.
Ads by Allied Insurance