Wednesday, 11 November 2026
Advertisement
Allied Insurance (leaderboard)
ކުޅިވަރު

ވާނާ ނުލިބިއްޖެނަމަ ލިވަޕޫލުން ބޭނުންވަނީ ބާސެލޯނާގެ ޑެމްބެލޭ

ޖަރުމަންގެ ޓިމޯ ވާނާ ނުލިބިއްޖެނަމަ ލިވަޕޫލުން ދެން ގަންނަން މަސައްކަތްކުރާނީ ބާސެލޯނާގެ އޮސްމާނޭ ޑެމްބެލޭކަމަށް ބެލެވިއްޖެއެވެ.

ކުރިއަށް އޮތް ޓްރާންސްފަރގައި ލިވަޕޫލުން ސޮއިކުރަން އަމާޒު ހިފާފައިވާ ކުޅުންތެރިއަކީ ޖަރުމަންގެ ލެއިޕްޒިގަށް ކުޅެމުން އަންނަ ޓިމޯ ވާނާއެވެ. ނަމަވެސް ވާނާ އަންނަ ސީޒަންގައިވެސް ޖަރުމަންގައި މަޑުކުރުން ގާތް ކަމަށް ބައެއް ކުޅިވަރު ރިޕޯޓްތައް ބުނެއެވެ. ވާނާ ގަތުމުގެ ރޭހުގައި އެހެން ބޮޑެތި ކުލަބުތަކުންވެސް އެބައުޅެއެވެ.

ވާނާ ނުލިބިއްޖެނަމަ ލިވަޕޫލުން ދެން ބިޑުކުރާނީ ބާސެލޯނާގެ ޑެމްބެލޭއަށްކަމަށް މީޑިޔާތަކުން ރިޕޯޓްކުރެއެވެ. އުސްމާނޭ ޑެމްބެލޭއަކީ ޑޯޓްމުންޑްގައި ވިދާލިއިރުވެސް ލިވަޕޫލްގެ ކޯޗު ޔާގެން ކްލޮޕް ވަރަށް ގަޔާވި ކުޅުންތެރިއެކެވެ. ބާސެލޯނާއިން ޑެމްބެލޭ ސޮއިކުރުމުގެ ކުރިން ލިވަޕޫލުންވެސް ޑެމްބެލޭގެ އޭޖެންޓާއި މަޝްވަރާތައް ކުރިކަމަށްވެއެވެ.

Advertisement
Allied Insurance — Square (box)

އަނިޔާގެ މައްސަލަތަކުގެ ސަބަބުން ޑެމްބެލޭއަށް ބާސެލޯނާގައި މާއެދެވޭ ކުޅުމެއް ނުދެއްކެއެވެ. އަނެއްކޮޅުން މިހާރު ބާސެލޯނާއިން ބޭނުންވަނީވެސް ޑެމްބެލޭ ވިއްކާލުމަށެވެ. އަހުލާގީ ބައެއް މައްސަލަތަކުގެ ސަބަބުން ޑެމްބެލޭއަށް ފާޑުކިޔުން އަމާޒުވެފައިވީ ނަމަވެސް ގިނަ ބަޔަކު ގަބޫލުކުރާ ގޮތުގައި ޑެމްބެލޭ ހަމަމަގަށް އަޅުވައި އޭނާގެ އަސްލުކުޅުން ދެއްކުމުގައި އެންމެ ބޮޑަށް އެހީތެރިވެދެވޭނެ ކޯޗަކީވެސް ލިވަޕޫލްގެ ކޯޗު ޔާގެން ކްލޮޕެވެ.

ޓިމޯ ވާނާ ޕްރިމިއާ ލީގަށް ބަދަލު ވެދާނެ ކަމަށް ވެސް ބައެއް ރިޕޯޓްތައް ބުނެފައިވެއެވެ. އެފަދަ ރިޕޯޓްތަކުގައި ވަނީ އެކަމުގެ ފެހި ސިގްނަލް ލިބިފައިވާ ކަމަށެވެ. ހަމައެހެންމެ ބާސެލޯނާއިން ޑެމްބެލޭ ވިއްކާލަން ކިޔަނީވެސް މާ ބޮޑު އަގެއް ކަމަށް ހާމަކޮށްފައިވެއެވެ.

ރިއެކްޝަން

Advertisement
Ooredoo — Square (box)

ކޮމެންޓް

މި ލިޔުމަށް ކޮމެންޓް ކުރުން ވަނީ ބަންދުކޮށްފައެވެ.