ކުޅިވަރު

ސިޔާސީ ލީޑަރުން ރައީސް ސޯލިހް ގެ ފަރާތްފުޅުން ނަމޫނާ ނަންގަވަން ޖެހޭ: ޖާބިރު

ދެން އެމްވީ ، ދެން އޮންލައިން

މިވަގުރު ރާއްޖޭގައި ރައީސް އިބްރާހިމް މުހައްމަދު ސާލިހު ފަދަ ކެއްތެރި މަޑުމައިތިރި ބޭފުޅަކު ހުންނެތީވީ ﷲ އަށް ހަމްދު ކުރާ ކަމަށް ޑީއާރްޕީގެ ލީޑަރު އަދި ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު ވިދާޅުވެއްޖެއެވެ.

Ads by STELCO

ޖާބިރު މިހެން ވިދާޅުވީ މިހާރު ތިއްބެވި ކައުންސިލަރުންގެ ދައުރު ދަންމާލުމަށް ރޭ ރައްޔިތުންގެ މަޖިލީހުން ގާނޫނުއަސާސީ އަށް ގެނެސްފައިވާ އިސްލާހު ރައީސް ސޯލިހު މިއަދު ތަސްދީގު ކުރެއްވުމުން އެކަމަށް މަރުހަބާ ދަންނަވާ ޑީއާރްޕީ އިން ކުރެއްވި ޓްވީޓެއްގައެވެ.

އަދި ޖާބިރު ވަނީ ރާއްޖޭގެ ސިޔާސީ ލީޑަރުން އެމަނިކުފާނުގެ ފަރާތްޕުޅުން ނަމޫނާ ނެންގެވުމަށް ގޮވާލާފައެވެ.

ކައުންސިލަރުންގެ ދައުުރު ދަންމާލަން ގާނޫނު އަސާސީއަށް ގެނައި އިސްލާހު ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ތަސްދީގު ކުރައްވައިފައިވަނީ މިއަދުއެވެ.

ކައުންސިލްތަކުގައި މިހާރު ތިއްބެވި މެންބަރުންގެ ދައުރު އިތުރު ކުރުމަށް ސަރުކާރުގެ ފަރާތުން ޤާނޫނު އަސާސީއަށް ހުށަހެޅުއްވި އިސްލާހު ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވަނީ ރޭ މެންދަމު ބޭއްވި ޖަލްސާ ގައި 74 މެމްބަރުންގެ ވޯޓާއެކުއެވެ. އެ ބިލު ފާސްކޮށްފައިވަނީ ގާނޫނު އަސާސީގެ ލާމަރުކަޒީ ބާބުގައި އިންތިގާލީ މާއްދާއެއް ހިމަނައިގެންނެވެ.

ޤާނޫނު އަސާސީއަށް ރޭ ގެނައި އިސްލާހަކީ ޤާނޫނުއަސާސީގެ 231 ވަނަ މާއްދާއަށް ދެ އަަކުރެއް އިތުރުކޮށް ކައުންސިލަރުންގެ ދައުރު ދަންމާލުމެވެ.

ގާނޫނު އަސާސީއަށް އިސްލާހުގެ ގެނެސްފައިމިވަނީ ކައުންސިލަރުންގެ މުއްދަތު ދައުރު އިތުރުކުރިނަމަވެސް އެ މުއްދަތުގައި މިހާރު ތިބި ކައުންސިލަރުންގެ ބާރުތައް ވަކިގޮތަކަށް ބޭނުންކުރެވޭ ގޮތަށް ވަކި ހާއްސަ ޤާނޫނެއް މަޖިލީހުން ފާސްކުރުމާއި އެކުއެވެ. މި ގާނުނުގައި ކައުންސިލަރުން ބައެއް ނިންމުންތައް ނިންމަން އެލްޖީއޭގެ ހުއްދަ ހޯދަންޖެހެއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!