އިތުރު 9 މީހަކު ކޮވިޑަށް ފައްސި ވެއްޖެ
ރާއްޖެއިން މިއަދު އިތުރު 9 މީހަކު ކޮވިޑް-19 އަށް ފައްސި ވެއްޖެއެވެ.
ހެލްތު ޕްރޮޓެލްޝަން އެޖެންސީ(އެޗްޕީއޭ)އިން ބުނީ މިއަދު ފައްސިވި މީހުންގެ ތެރޭގައި ހިމެނެނީ، 7 ދިވެހިންނާއި، ބަނގުލަދޭޝް ދެ މީހުން ކަމަށެވެ.
މި ނުވަ މީހުންނާއެކު ރާއްޖެއިން ކޮވިޑް ޖެހުނު މީހުންގެ އަދަދު މިހާރު ވަނީ 1850 އަށް އަރާފައެވެ. މިބައްޔަށް ފައްސިވި މީހުންގެ ތެރެެއިން 644 މީހުން ބަލިން ރަނގަޅުވެފައި ވާއިރު ހަތް މީހަކު ވަނީ މަރުވެފައެވެ.
ފައްސިވި މީހުންގެ ތެރެއިން 13 މީހަކަށް ފަރުވާދެމުންދަނީ ހޮސްޕިޓަލުގައެވެ. އަދި ހޮސްޕިޓަލްގައި ފަރުވާދެމުންދާ މީހުންގެ ތެރެއިން އެކަކަށް ފަރުވާދެމުން ގެންދަނީ އައިސީޔޫގައި ކަމަށް ޑޮކްޓަރުން ވަނީ ބުނެފައެވެ.
Ads by Allied Insurance