ކުޅިވަރު

އަސްކަރީ ތަމްރީންތައް ވަރަށް އުނދަގޫ: ސަން

ދެން އެމްވީ ، ދެން އޮންލައިން

މިދިޔަ އޭޕްރީލް މަހު ފުރިހަމަކުރި އަސްކަރީ ތަމްރީންތައް ހީކުރި ވަރަށް އުނދަގޫ ކަމަށާއި، އެއީ ވަރަށް ތަފާތު ތަޖުރިބާއެއްކަމަށް ޓޮޓްނަމްގެ ކޮރެއާ ފޯވާޑް ސަން ހުއެން މިން ބުނެފިއެވެ.

Ads by STELCO

ސިއްހީ ގޮތުން ކުޅަދާނަ ދެކުނު ކޮރެއާގެ ކޮންމެ ފިރިހެނަކު ވެސް ދެ އަހަރެއްހާ ދުވަހު އަސްކަރިއްޔާ އަށް ހިދުމަތްކުރަން އެގައުމުގެ ގާނޫނުން މަޖުބޫރުކުރެއެވެ. ޓޮޓްނަމްގެ ފޯވާޑް ސަން ވެސް ކުރިން އޮތީ ދެ އަހަރު އަސްކަރިއްޔާއަށް ޚިދުމަތްކުރަން ޖެހޭ ގޮތަށެވެ. އެކަމަކު 2018 ވަނަ އަހަރުގެ އޭޝިއަން ގޭމްސްގެ ފުޓްބޯޅަ އިވެންޓުން ކޮރެއާ ޓީމުން ރަން މެޑަލް ހޯދުމުން އެޓީމްގެ ކުޅުންތެރިންނަށް ވަނީ މިކަމުން ލުއިދީފައެވެ. އެ ކުޅުންތެރިންނަށް ހަމައެކަނި ޖެހެނީ ތިން ހަފްތާގެ ތަމްރީންތައް ފުރިހަމަކޮށް 500 ގަޑިއިރުގެ އިޖުތިމާޢީ ޚިދުމަތްކުރާށެވެ.

ޓޮޓްނަމްގެ ފޯވާޑް ސަންވަނީ ލޮކްޑައުންގެ ދުވަސްވަރު ތިން ހަފްތާގެ ތަމްރީންތައް ފުރިހަމަކޮށްފައެވެ. ތަމްރީންތަކުގައި ބައިވެރިވި 157 މީހުންގެ ތެރެއިން ސަން ނިންމާލީ ޔުނިޓުގެ އެންމެ ރަނގަޅު ފަސް ރެކްރޫޓުންގެ ތެރޭ ހިމެނިގެންނެވެ.

އޭޕްރިލް މަހުން ފެށިގެން ތިން ހަފުތާގެ މުއްދަތަށް އޭނާ ދެކުނު ކޮރެއާގެ އަސްކަރިއްޔާގެ މެރިންސް ކޭމްޕެއްގައި ހެދި ތަމްރީންތަކުގެ ތެރޭގައި ކަރުނަ ގޭސް ތަމްރީނާއި ރައިފަލް ތަމްރީން ވެސް ހިމެނެއެވެ.

އަސްކަރީ ތަމްރީންތަކާއި ގުޅޭގޮތުން ސަން ބުނީ ތިން ހަފްތާއަކީ ވެސް ވަރަށް ތަފާތު ތަޖުރިބާތަކެއް ކަމަށާއި، ކޮންމެ ދުވަހެއް ވެސް ހީވީ ވަރަށް ދިގު ކަމަށެވެ.

"އެހެން ބައިވެރިންގެ ގޮތެއް ނޭނގޭ، އަހަންނަށް ވަރަށް ދިގު ދުވަސްތަކެއް އެއީ، އެހާމެ އުނދަގޫ ތަފާތު ތަޖުރިބާއެއް، ފުރަތަމަ ކޮޅު ހުރީ ވަރަށް ބިރުން، އެކަމަކު ފަހުން ހަމައަކަށް އެޅިއްޖެ." ސަން ބުންޏެވެ.

27 އަހަރުގެ ސަން އެންމެ ފުރަތަމަ ވިދާލީ ޖަރުމަން ލީގުގައެވެ. އޭގެ ފަހުން އޭނާ މިހާރު އަންނަނީ އިނގިރޭސި ކުލްބު ޓޮޓްނަމްގައި މޮޅު ކުޅުމެއް ދައްކަމުންނެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!