ޚަބަރު

ގަމު ކައުންސިލްގެ ނައިބު ރައީސް ޝާހީން އަނބިމީހާއަށް އަނިޔާ ކުރާތާ އަހަރަކަށްވުރެ ގިނަ ދުވަސް

ދެން އެމްވީ ، ދެން އޮންލައިން

ލ. ގަމު ކައުންސިލްގެ ނައިބު ރައީސް އަހްމަދު ޝާހީން އޭނާގެ އަނބިމީހާއަށް އަނިޔާ ކުރާތާ އަހަރަށް ވުރެ ގިނަ ދުވަސްވެފައިވާއިރު، އެއްވެސް ފިޔަވަޅެއް ނޭޅި މައްސަލަ އިތުރަށް ގޯސްވާން ފަށައިފިއެވެ.

Ads by MWSC

އަނބިމީހާގެ އައިލާގެ މެމްބަރަކު ކިޔައިދިން ގޮތުގައި ޝާހީން އަނިޔާ ކުރަމުންދަނީ އޭނާގެ ހަނގު އަނތްބަށެވެ. ޝާހީން ދިރިއުޅެނީ ހަނގު އަނބީގެ މަންމަގެ ގޭގައި ކަމަށާއި މަންމަ ކުރިމަތީގައި ވެސް އަނބިމީހާއަށް އޭނާ އަނިޔާ ކުރާ ކަމަށް އާއިލާ އިން ވާހަކަ ދެއްކި މީހާ ކިޔައިިދިނެވެ.

"ހަނގުއަނބީގެ މަންމަ ވެސް ހުންނަނީ ބިރުން. ޝާހީން އަނިޔާ ކުރާތީ،" އާއިލާ އިން ވާހަކަ ދެއްކި މީހާ ކިޔައިިދިނެވެ.

އޭނާ ބުނީ ދާދިފަހުން ތަޅުދަނޑި ފަތިން ވެސް އަނބިމީހާގެ ގައިގައި ތަޅައި ޝާހިން އަނިޔާ ކުރި ކަމަށެވެ.

އަނބިމީހާ އެހެން މީހަކާ ކައިވެނިކޮށްގެން ލިބުނު ކުޑަ ދަރިއަކު ހުންނަ ކަމަށާއި އެ ދަރިފުޅުގެ ކުރިމަތީގައި ވެސް ޝާހީން އަނިޔާ ކުރާ ކަމަށް އެމީހާ ކިޔައިދިނެވެ.

"ކަރުގަ ވަރަށް ބާރަށް ހިފާ އަދި ގައިގެ އެކި ތަންތަނުގައި ބާރަށް ތަޅައި ތަކުރާރުކޮށް އަނިޔާ ކުރަމުން ދަނީ،" އެމީހާ ކިޔައިދިނެވެ.

އެ މައްސަލަ ފުލުހުންނަށާއި ޖެންޑާ މިނިސްޓްރީއަށް ވެސް ވަނީ ހުށަހަޅާފައެވެ. ނަމަވެސް މިހާ ދުވަސްވީއިރު ވެސް ޝާހީންއާ މެދު ފިޔަވަޅެއް އެޅިފައެއް ނުވެއެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!