ޚަބަރު

ފުލުހުންގެ ޑޭޓާ ސެންޓަރުގެ ބިންގާ އަޅައިފި

. ، ދެން އޮންލައިން

ދިވެހި ފުލުހުންގެ ހިދުމަތުގެ ޑާޓާ ސެންޓަރުގެ ބިންގާ އަޅައިފި އެވެ.

ހުޅުމާލެ ފޭސް 2 ގައި މިއަދު ބޭއްވި ހާއްސަ ރަސްމިއްޔާތުގައި، ޑާޓާ ސެންޓަރުގެ ބިންގާ އަޅުއްވައިދެއްވީ ޔުނައިޓެޑް އަރަބް އެމިރޭޓްސްގެ ސައިބާ ސެކިއުރިޓީ ހެޑް، ޑރ. މުހައްމައު އަލް ކުވައިތީއާއި، ހޯމް މިނިސްޓަރު އަލީ އިހްސާންއާއި، ކޮމިޝަނާ އޮފް ޕޮލިސް އިސްމާއީލް ނަވީން އެވެ.

އެ ރަސްމިއްޔާތުގައި، ޔޫއޭއީގެ ސައިބާ ސެކިއުރިޓީ ކައުންސިލުގެ ކަމާ ގުޅުންހުރި ބޭފުޅުންނާއި ފުލުހުންގެ ހިދުމަތުގެ އެގްޒެކެޓިވް އޮފިސަރުންނާއި ކޮމިޝަންޑު އޮފިސަރުން ބައިވެރިވެލެއްވި އެވެ.

ހުޅުމާލެ ފޭސް 2 ގައި އިމާރާތްކުރާ ޕޮލިސް ޑާޓާ ސެންޓަރަކީ ޔޫއޭއީގެ ސައިބާ ސެކިއުރިޓީ ކައުންސިލުގެ އެހީތެރިކަމާއެކު، އެންމެ ޒަމާނީ ވަސީލަތްތަކާއި ހިދުމަތްތަކާއެކު ގާއިމުކުރާ ސެންޓަރެކެވެ. މި ސެންޓަރާއެކު ފުލުހުންގެ މަސައްކަތްތައް، ޒަމާނަށް އަންނަ ބަދަލުތަކާ އެއްގޮތަށް ބައްޓަންވެގެންދާނެ އެވެ. އަދި ކުށް ހުއްޓުވުމާއި ގާނޫނު ތަންފީޒުކުރުމުގެ މަސައްކަތަށް ބޮޑު ބަދަލެއް އަންނާނެ އެވެ.

Ads by Ooredoo