ލައިފްސްޓައިލް

މިރޭ ގެ "ސްޓްރޯބެރީ މޫން" : ކޮންމެހެން ވެސް ބަލައިލަން ދާން ވާނެ

ދެން އެމްވީ ، ދެން އޮންލައިން

މި އަހަރަކީ ހަނދު ތަކެއް އަހަރެމެންނަށް ފެންނަމުން އަންނަ އަހަރެކެވެ. މާހަނދާއި ފޯހަވިތައް ވެސް ގިނަ އަހަރެކެވެ. އެގޮތުން މިހާތަނަށް މިއަހަރު މިހާތަނަށް ތިން މާހަނދެއް ވެސް ވަނީ ފެނިފައެވެ.

Ads by MWSC

އެގޮތުން މިރޭ ހިފާ ހަނދު ކޭތަ ވެސް ވެގެންދާނީ މިއަހަރުގެ ރީތި ހަނދު ގެ ލިސްޓަށް އިތުރުވެގެންދާ ހަނދަކަށެވެ.

"ސްޓްރޯބެރީ މޫން"ގެ ނަމުން ނަން ދެވިފައިވާ ކޭތަ މިރޭ ރާއްޖެއަށް ފެންނާނީ މިރޭ 22:45 އެހާކަންހާއިރުއެވެ. އަދި ފަތިހު 4 ޖެހުމާއި ހަމައަށް މި ހަނދުކޭތަ ދެމިގެންދާނެއެވެ. މިރޭ ހިފާ ކޭތަ ރާއްޖެއަށް މާ ބޮޑަށް ފާހަގަނުވިނަމަވެސް، މިރޭގެ ހަނދު ބޮޑުވެފައި،ވަރަށް ވެސް ފުރިހަމަ ވާނެއެވެ. އަދި ކުރިއަށް މިއޮތް ތިން ދުވަހު ވެސް ހަނދު މި ބޮޑުމިނުގައި އިންނާނެ ކަމަށް ބެލެވެއެވެ.

މި ކޭތަ އެންމެ ރީއްޗަށް ފެންނާނެ ކަމަށް ބެލެވިފައިވަނީ ކޭތަ ހިފަމުން އަންނަ ވަގުތު ދެކުނު އެފްރިކާ، އިންޑިއާ، ޗައިނާ އަދި އޮސްޓްރޭލިއާއެވެ.

މި ހަނދަށް ސްޓްރޯބެރީގެ ނަމުން ނަން ދެވިފައިވީ ނަމަވެސް، ހަނދު އިންނާނީ ސްޓްރޯބެރީ ކުލައިގައެއް ނޫނެވެ. މި ހަނދަށް އެ ނަމުން ނަން ދެވިފައިވަނީ މިއީ ސްޓްރޯބެރީ މޫސުމަށް ވެފައި، މި ހަނދު ފެންނަ ދުވަސްވަރު ސްޓްރޯބެރީ ދަނޑުތަކުގައި އެންމެ ރަނގަޅަށް ފައްކާ ވާތީ ކަމުގައި ބެލެވެއެވެ.

ހަނދު ކޭތަ ހިފާފައިވާއިރު ހަމަލޮލުން ހަނދަށް ބެލިނަމަވެސް ލޮލަށް އެއްވެސް ގެއްލުމެއް ނުވާނެ އެވެ. ސަބަބަކީ ހަނދަކީ އޭގެ ޒާތުގައި އަލިކަން ނެތް އެއްޗަކަށްވެފައި ހަނދުން ފެންނަ އަލިކަމަކީ އިރުން އެޅިފައިވާ އަލީގެ ސަބަބުން ފެންނަ އަލިކަމަކަށް ވާތީއެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!