ޚަބަރު

މިނިމަމް ވޭޖާއެކު ސާވިސް ޗާޖަށް ހައްލު އަންނާނެ: ރައީސް ނަޝީދު

ދެން އެމްވީ ، ދެން އޮންލައިން

މިނިމަމް ވޭޖް ކަނޑައެޅުމުގެ ބިލް ރައްޔިތުންގެ މަޖިލީހުން ފާސްވެގެން އަންނައިރު، ރިސޯޓްތަކުގެ މުވައްޒަފުންގެ ސާވިސް ޗާޖްގެ މައްސަލައަށް ހައްލު ލިބިގެންދާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

Ads by MWSC

ހއ. ބާރަށުގައި ވާހަކަ ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ މިއަހަރު މަޖިލީހުން ކުރަން ހުރި މަސައްކަތުގެ ތެރެއިން އެންމެ ބޮޑު މަސައްކަތަކީ އެންމެ ކުޑަ އުޖޫރަ ކަނޑައެޅުން ކަމަށެވެ.

އެމަނިކުފާނު ވިދާޅުވީ ބައެއް ރިސޯޓްތަކުގެ ވެރިން ސާވިސް ޗާޖް ދިނުމުގައި ބޭއިންސާފުން އަމަލު ކުރަމުންދާ ކަމަށާއި ސާވިސް ޗާޖްގެ މައްސަލަ ހައްލު ކުރުމަކީ މަޖިލިސް މެމްބަރުންގެ ޒިންމާއެއް ކަމަށެވެ.

ރައީސް ނަޝީދު ވިދާޅުވީ ސާވިސް ޗާޖުގެ މައްސަލައަށް ހައްލު ގެނައުމަށް އެމްޑީޕީން ވައުދުވެފައިނުވާނެ ކަމަށާއި ނަމަވެސް އެކަން ހައްލު ކުރާނެ ކަމަށެވެ.

ސާވިސް ޗާޖުގެ ގޮތުގައި ލިބެންޖެހޭ މިންވަރަށް ނުލިބުމަކީ ރިސޯޓް މުވައްޒަފުންގެ ޝަކުވާއެކެވެ. ދާދިފަހުން ވަނީ ސާވިސް ޗާޖް މައްސަލާގައި ރިސޯޓެއްގެ މުވައްޒަފަކު ވަޒީފާ އިން ވަކިކޮށްފައެވެ.

Ads by PNC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!