ރާއްޖެ އެތެރެ ކުރުން މަނާ ބާވަތަކަށް އޮޅިގެން ހުއްދަ ދެވިއްޖެ

މިނިސްޓްރީ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރގެ އޮންލައިން ސިސްޓަމަށް ދިމާވި މައްސަލައަކާ ގުޅިގެން، ރާއްޖެ އެތެރެކުރުން މަނާ ބާވަތެއްގެ މަހެއް އެތެރެ ކުރުމަށް އޮޅިގެން ހުއްދަ ދެވިއްޖެއެވެ.
އެ މިނިސްޓްރީން ވިދާޅުވީ ސިސްޓަމަށް ދިމާވި މައްސަލައަކާ ގުޅިގެން، އޮންލައިން ސިސްޓަމް މެދުވެރިކޮށް އަމިއްލަ ފަރާތަކުން ދިން ދިރޭ މަސް އެތެރެ ކުރުމުގެ ހުއްދައެއްގައި ރާއްޖެ އެތެރެކުރުން މަނާ ބާވަތަކަށް ދޫ ކުރެވިފައިވާ ކަމަށެވެ.
ނަމަވެސް ރާއްޖެ އެތެރެވެފައި ވަނީ ކޮން ވައްތަރެއްގެ މަހެއް ކަމެއް އެ މިނިސްޓްރީން ހާމައެއް ނުކުރައްވައެވެ.
އަދި މި ކަމާ ގުޅިގެން، ހުއްދަ ދެވުނު ބާވަތުގެ މަސް އަނބުރާ ނެގުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް އެ މިނިސްޓްރީން ވިދާޅުވިއެވެ.