މަންމަ އާ ބައްދަލުކުރަން އެޗްޕީއޭ އިން ހުއްދަ ދިނީ ނިޔާވި ފަހުން
ބަލި އެނދުމަތީގައި އޮތް މަންމަ ގެ ގާތަށ މާލެއިން އައްޑުއަށް ދިއުމަށް އެޗްޕީއޭ އިން ހުއްދަ އަށް އެދުމުން ހުއްދަ ނުލިބި މަންމަ ނިޔާވެއްޖެއެވެ. ހުއްދަ ލިބިފައިވަނީ މަންމަ ނިޔާވި ފަހުން ކަމުގައި މުހައްމަދު ރާމިޒް ނަމަކަށް ކިޔާ މީހަކު އޭނާގެ ވާހަކަ ހިއްސާކުރަމުން ބުނެފައިވެއެވެ.
އޭނާ ކުރި ޓްވީޓުގައި ބުނެފައިވަނީ މަންމަ ގެ ފަހު ވަގުތުކޮޅު މަންމަ ގާތުގައި ހުރުމަށް އެދުމަށް އެޗްޕީއޭ އިން ހުއްދަ ހޯދުމަށް ކުރި މަސައްކަތުން އެޗްޕީއޭ އިން ބުނެފައިވަނީ މާލޭގައި މުޖުތަމައުގައި ކޮވިޑް-19 ބަލި ފެތުރިފައި ވާތީ މާލެއިން އެހެން ރަށަކަށް މީހަކު ދިޔުމަކީ ރަށްތަކަށް ބަލި ފެތުރުމުގެ ފުރުސަތު ބޮޑުވާ ކަމަކަށް ވާތީ ހުއްދަ ނުލިބޭނެ ކަމަށެވެ. އަދި ސޯޝަލް ސަޕޯޓް ބޭނުންވާ ނަމަ ޖެންޑަރ އަށް ގުޅުމަށް ވެސް އީމެއިލްގައި ވަނީ އެދިފައެވެ.
އޭނާ ވަނީ އެޗްޕީއޭ އިން ފޮނުވި ހުރިހާ މެއިލް އެއް އަދި އޭނާ އެޗްޕީއޭ އަށް ފޮނުވި ސިޓީ ވެސް ހިމަނާފައެވެ.
ފުރަތަމަ ފަހަރު ހުއްދަ ދިނުމުން ހުއްދަ ނުލިބުނު ކަމަށާއި އަދި ދެވަނަ ފަހަރަށް ވެސް ހުއްދަ އަށް އެދުނީ ލިބޭނެ ކަމުގެ ވަރަށް ބޮޑު އުންމީދަކާއެކުގައި ކަމަށާއި ނަމަވެސް ހުއްދަ ލިބިފައިވަނީ މަންމަ ނިޔާވިތާ އިރުކޮޅެއް ފަހުން ކަމުގައި އޭނާ ބުނެފައިވެއެވެ.
ރާމިޒު އެޗްޕީއޭ އަށް ފޮނުވި ސިޓީގައި ބުނެފައިވަނީ އޭނާގެ މަންމަ 23 މޭއި އިން ފެށިގެން އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލުގައި އެނދުމަތިކޮށް ވެންޓިލޭޓަރު އޮތްކަން ފާހަގަ ކޮށް، އެޗްޕީއޭ އިން އެދިލައްވާނަމަ ޑަކްޓަރީ ލިޔެކިޔުންތައް ވެެސް ޔަގީން ކުރުމަށް ފޮނުވިދާނެ ކަމުގައި ބުނެފައިވެއެވެ.
My first request to HPA to see my dying mother was rejected. After which I requested again with much hope. A reply came only shortly after her death. Your apologies are a bit too late. And don’t you dare call my mother’s death an ‘inconvenience’. @HPA_MV pic.twitter.com/VmlpjiZzZT
— Mohamed Ramiz (@Mohd_Raamiz) June 5, 2020
އަދި ކަރަންޓީނާއި، ޓެސްޓާއި، ދެންވެސް ޢާންމު ސިއްޙަތަށްޓަކައި އަޅަންޖެހޭ ރައްކާތެރިކަމުގެ ކޮންމެ ފިޔަވަޅެއް އެޅުމަށް އަޅުގަނޑުމެން ތައްޔާރަށް ތިބިކަމަށާއި އަދި ދަތުރު ގެ ހުރިހާ ހަރަދެއް އަމިއްލަ ޖީބުން ދޭނެ ކަމަށް ވެސް ސިޓީ ގައި ބުނެފައިވެއެވެ.
"އަދި އައްޑޫއަށްވެސް މިމަގުން މީހުން ދަތުރުކޮށްފައިވާއިރު، ޢާންމު ސިއްޙަތު ރައްކާތެރިކުރުމުގެ ނަމުގައި މިވަގުތު އަޅުގަނޑަށް ދަތުރުކުރިޔަ ނުދީ ތިޔަ ހިފަހައްޓަވަނީ ކޮން ޙައްޤެއް އޮވެގެންތޯއެވެ؟" އެ ސިޓީގައި އެޗްޕީއޭ އާ ސުވާލުކޮށްފައިވެއެވެ.
އަދި ތަކުރާރު ކޮށް އެ ސިޓީގައި ވަނީ ހިތްދަތިކަމާއި ދަތިކަން ނުޖައްސަވާ، އިންސާނީ ބުއްދިއާއި ރަޙުމުގެ ލެންސަކުން މިކަން ބައްލަވައި ހުއްދަ ދިނުމަށްވެސް އެދިފައެވެ.
އެޗްޕީއޭއިން ހުއްދަ ދިން އިރު އެ ދެ މީހުންގެ މަންމަ ވަނީ ނިޔާވެފައިވާތީ އެޗްޕީއޭއިން އެކަމަށްޓަކާ މައާފަށް އެދުނު ކަމަށާއި ނަމަވެސް މަޢާފަށް އެދެން މާ ލަސްވެފައިވާކަމަށް ބުނެފައިވާނެ ކަމަށް ރާމިޒު ބުނެފައިވެއެވެ.