ޚަބަރު

ލޮކްޑައުންއަށް ލުއިދިންތާ 8 ދުވަހުގެ ތެރޭގައި 426 ފައްސި ކޭސް!

ދެން އެމްވީ ، ދެން އޮންލައިން

މާލޭގައި ކޮވިޑް-19 ފެތުރެން ފެށުމާއެކު މާލެ ސަރަހައްދަށް ގެނައި ލޮކްޑައުން ފަސް ހަފްތާ އަށް ދިގު ދައްމާލުމަށް ފަހު މިދިޔަ މަހުގެ 28 ވަނަ ދުވަހުން ފެށިގެން ލޮކްޑައުންއަށް ވަނ ލުއިތަކެއް ދޭން ފަށާފައެވެ. މި ލުއިތައް ދީފައިވަނީ ރައްކާތެރިކަމުގެ ގޮތުން އަޅަންޖެހޭ ފިޔަވަޅުތައްވެސް އަޅައިގެން ކުރިއަށްދެވޭގޮތަށެވެ.

Ads by STELCO

ލޮކްޑައުންއަށް ލުއި ދިން ފަހުން 8 ދުވަސް ވެފައިވާއިރު، މި ދުވަސްތަކުގެ ތެރޭގައި 426 މީހަކު ވަނީ ކޮވިޑަށް ފައްސިވެފައެވެ. ނަމަވެސް ފާއިތުވެދިޔަ ތިން ދުވަސް ފައްސިވި މީޙުންގެ އަދަދު ވަނީ ބޮޑުތަނުން މަދުވެފައެވެ. އެގޮތުން އެ ތިން ދުވަހު ފައްސިވެފައި ވަނީ 42 މީހެކެވެ.

ފުރަ ބަންދަށް ލުއި ދިން ފަހުން އެންމެ ގިނަ އަދަދަކަށް ފައްސިވެފައި މިދިޔަމަހުގެ 31 ވަނަ ދުވަހުއެވެ. އެދުވަހު ވަނީ 101 މީހަކަށް ބަލި ޖެހިފައެވެ.

އެ މީހުންނާއެކު ރާއްޖެއިން ބަލި ޖެހުނު މީހުންގެ އަދަދު ވަނީ 1883 އަށް އަރާފަ އެވެ. މިވަގުތު ފަރުވާ ހޯދަމުންދަނީ 1157 މީހުންނެވެ. އަދި ބަލި ޖެހުނު މީހުންގެ ތެރެއިން 717 މީހަކު ވަނީ ރަނގަޅު ވެފައެވެ.

ލޮކްޑައުންއަށް ދެވުނު ލުޔާއިއެކު މިވީ 8 ދުވަހުގެ ތެރޭގައި ކޮވިޑް ޖެހިގެން ފަރުވާ ހޯދަމުންދިޔަ ދެ މީހަކުވަނީ ނިޔާވެފައެވެ. އަދި ޖުމްލަ ހަތް މީހަކު ވަނީ މި ބަލީގައި ދުނިޔެނ ދޫކޮށްފައެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!