ރާއްޖޭގައި ކޮވިޑް ޖެހިގެން 8 ވަނަ މީހަކު ނިޔާވެއްޖެ
ރާއްޖޭގައި ކޮވިޑް ޖެހިގެން 8 ވަނަ މީހަކު ނިޔާ ވެއްޖެއެވެ.
ހެލްތު ޕްރޮޓެކްޝަން އެޖެންސީ(އެޗްޕީއޭ) އިން ބުނީ މިއަދު ހެނދުނު 9:25 ހާއިރު އައިޖީއެމްއެޗްއަށް ގެނައި ހާލު ދެރަ ބަންގްލަދޭޝް މީހަކު ނިޔާވެފައިވާ ކަމަށެވެ.
ނިޔާވެފައި ވަނީ އުމުރުން 38 އަހަރުގެ މީހެކެވެ. މިއީ ކޮވިޑް ޖެހިގެން ނިޔާވި 8 ވަނަ މީހާ ކަމަށް އެޗްޕީއޭއިން ބުނެއެވެ.
މީގެކުރިން ރާއްޖެއިން ކޮވިޑްގައި ނިޔާވެފައިވަނީ ހަތަރު ދިވެހިންނާއި ބަންގްލަދޭޝްގެ ތިން މީހުންނެވެ. ދިވެހިންގެ ތެރޭގައި ހިމެނެނީ އުމުރުން ދުވަސްވީ މީހުންނެވެ.
Ads by Allied Insurance