ޚަބަރު

ބުރިޖު މަތިން ކަނޑަށް ފުންމާލި މީހަކު ސަލާމަތް ކޮށްފި

ދެން އެމްވީ ، ދެން އޮންލައިން

ސިނަމާލެ ބުރިޖު މަތިން ކަނޑަށް ފުންމާލި މީހަކު ފުލުހުން ސަލާމަތް ކޮށްފިއެވެ.

Ads by STELCO

ބްރިޖް މަތިން ކަނޑަށް ފުންމާލާފައި 51 އަހަރުގެ އިންޑިއާ ފިރިހެނެކެވެ. މި މީހާ ބްރިޖް މަތިން ކަނޑަށް ފުންމާލާފައި ވަނީ ބްރިޖްގެ މެދެެއްހާ ހިސާބުން ކަމުގައި މަންޒަރު ދުށް ބައެއް ފަރާތްތަކުން ބުނެއެވެ.

ފުލުހުން މީޑިއާ އޮފިޝަލް ވިދާޅުވީ، ބްރިޖް މަތިން މީހަކު ކަނޑަށް ފުންމާލި ކަމުގެ ރިޕޯޓެއް މިއަދު 15:46 ހާއިރު ފުލުހުންނަށް ލިބިފައިވާ ކަމަށެވެ.

އަދި ފުލުހުންގެ ލޯންޗެއްގައި އެ މީހާ ނަގައިގެން މިހާރު އައިޖީއެމްއެޗްއަށް ގެންގޮސްފައިވާ ކަމަށް އެ އޮފިޝަލް ވިދާޅުވިއެވެ.

މި މީހާ ގެ ހާލު ވަނީ ސާފުވާ ގޮތް ނުވެފައެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!