ފިޓް ފާޒިލް ގެ އިންސްޓަގްރާމް ފޭނުންނަށް އަގުބޮޑު ހަދިޔާ ތަކެއް
ދިވެހިންގެ ތެރޭގައި ގިވްއަވޭ ތަކަކީ ވަރަށް މަގުބޫލު އެއްޗެކެވެ. ކުޑަ ކުޑަ ކަމެއް ކޮށްލައިގެން ހަދިޔާ ހޯދުމުގެ ފުރުސަތު ލިބިގެންދާއިރު ގިވްއަވޭ ބާއްވާ މީހާއަށް އޭގެ ބަދަލުގައި އެތައް ހާސް ފޮލޮވަރުންނަކާއި ލައިކެއް ލިބިގެންދެއެވެ. މައިގަނޑު ގޮތެއްގައި ގިވްއަވޭ ވެފައިވެސް އޮންނަނީ ފޮލޮވަރުން ހޯދުމަށް ބޭނުން ކުރާ އުކުޅެއްގެ ގޮތުގައެވެ.
ނަމަވެސް މިއީ މިހާ އަގުބޮޑު ގިވްއަވޭ އަކާ ދިވެހިންނާ ކުރިމަތިވި ފުރަތަމަ ފަހަރު ކަމަށް ވެސް ވެދާނެއެވެ. އަދި މީގެ އެންމެ އަޖައިބު ވާ ތަންކޮޅަކީ ގިވްއަވޭ ބާއްވަނީ ވަކި ފަރުދަކަށް ވާތީއެވެ.
އެހެން އެއްވެސް ފަރާތަކާއި ނުގުޅި މިހާ އަގުބޮޑު ހަދިޔާ ތަކެއް ދޭން މި ފަހަރު މި އުޅެނީ ދިވެހިންގެ ތެރޭގައި ފިޓްނެސް އިން މަގުބޫލުކަން ހޯދި އަދި އަންހެން ކުދިންގެ ހިތްފަތަހަ ކުރަމުން އަންނަ އިސްމާއިލް ފާޒިލް ނުވަތަ މަޝްހޫރު ނަމުން ނަމަ ފިޓް ފާޒިލް އެވެ.
ފާޒިލް އޭނާ ގެ އިންސްޓަގްރާމް ގައި މި ގިވްއަވޭ އިއުލާނުކޮށްފައިވަނީ އިއްްޔެގެ ވަގުތެއްގައެވެ. އަދި މިހާތަނަށް ގިވްއަވޭ އަށް 24 ގަޑިއިރުވެސް ވެފައިނުވާއިރު މިހާރު ވެސް 25 ހާހަށް ވުރެ ގިނަ އެންޓްރީ ވަނީ ލިބިފައެވެ.
ފާޒިލް އޭނާގެ ޕޯސްޓުގައި ބުނެފައިވާ ގޮތުން މިއީ އޭނާގެ ފުރަތަމަ ގިވްއަވޭ އެވެ. އަދި އެ ސަބަބަށްޓަކައި އޭނާ ބޭނުންވީ މިއީ ވަރަށް ބޮޑު ގިވްއަވޭ އަކަށް ހެދުމަށް ކަމުގައި ފާޒިލް ބުނެފައިވެއެވެ.
ޖޫން 20 ވަނަ ދުވަހު ބަންދު ވާ މި ގިވްއަވޭ ގެ އިނާމުތަކުގެ ލިސްޓު ވެސް ވަރަށް ދިގެވެ. ހަމައެކަނި އެޕަލް ބްރޭންޑުގެ މެކްބުކާއި، މެޖިކް ކީބޯޑާއި ޓްރެކްޕެޑާއި އެއާޕޮޑުގެ އިތުރުން އައިފޯނު އެކްސްއެސް މެކްސް އަށް ބެލި ކަމުގައި ވިޔަސް އޭގެ އަގު 50 ހާހަށް ވުރެ މައްޗަށް އަރާނެއެވެ.
މީގެ އިތުރުންވެސް އައިފޯނު ދެ ކަވަރު ހިމަނާފައިވާއިރު ވިކްޓޯރިއާ ސީކްރެޓުގެ ގިފްޓް ޕެކެއް ހިމަނާފައިވެއެވެ. މިއީ ނިމުނީކީ ނޫނެވެ. ވިކްޓޯރިއާ ސީކްރެޓުގެ ޓޯޓާއި، ގިއޯޖީ އަރްމާނީ ގެ ރަތް ކްލަޗާއި، ޗެނަލް ކޮކޯ ގެ ގިފްޓް ޕެކެއް ވެސް ހިިމެނެއެވެ. އަދި ގޫޗީ ޕާފިއުމް ގިފްޓް ޕެެކެއްގެ އިތުރުން ވެސް ޑިއޯ ލިޕް ގްލޯ ބާމް އާއ ޑިއޯ ޖޯއީ ސެންޓު ފުޅިއެއްގެ އިތުރުން ޑިއޮ ބްރޭންޑޫގެ ހަތަރު ލިޕްސްޓިކާއި ގިވެންޝީ ބޭގް އެއް ހިމެނެއެވެ.
މި ގިވްއަވޭ ގެ ޖުމްލަ އަގު ގާތްގަނޑަކަށް 1 ލައްކަ ރުފިޔާ އަށް އަރާނެ ކަމަށް ބެލެވެއެވެ.