ލައިފްސްޓައިލް

ކޮވިޑް19: ބަލި ޖެހިފައިވާ މީހުނަށް އާންމުކޮށް ނޭނގޭ ބައެއް އަލާމާތްތައް

ދެން އެމްވީ ، ދެން އޮންލައިން

ކޮވިޑް19 ގެ އެންމެ އާންމު އަލާމާތްތަކަކީ ހުން އައިސް ކަރުގައި ރިއްސުމާއި ކެއްސުމެވެ. ނަމަވެސް ކޮވިޑް19 ގެ ތަފާތު އެކި އަލާމާތްތައް ހުންނަ ކަމުގައި ޑޮކްޓަރުން އަންނަނީ ބުނަމުންނެވެ. އަދި އެކި މީހުނަށް ދިމާވަނީ ތަފާތު އަލާމާތްތައް ކަން ވެސް ފާހަގަކޮށްލަން ޖެހެއެވެ.

Ads by MWSC

1. ބޭރަށް ހިންގުން އެގޮތުން މީގެ ތެރެއިން އެއް އަލާމާތަކީ ބޭރަށް ހިންގުމެވެ. ބްރިޓިޝް މެޑިކަލް ޖާނަލް ގައި ޝާއިއު ކޮށްފައިވާ ރިޕޯޓެއްގައިވާ ގޮތުން ކޮވިޑް19 ޖެހުމުން ބޭރަށް ހިންގުން މެދުވެރިވެ، އަދި ބައެއް އެހެނިހެން ބަނޑުގެ މައްސަލަތައް ވެސް ކުރިމަތިވެއެވެ. އެގޮތުން ހޮޑުލަވައި ހޮޑުލެވުމަކީ ވެސް އޭގެ ތެރޭގައި ހިމެނޭ ކަމއެއްގެ ގޮތުގައި ފާހަގަކޮށްފައިވެއެވެ.

ނަަމަވެސް ޑަބްލިޔު އެޗްއޯ އިން ނެރުނު ކޮވިޑް19 ގެ ރިޕޯޓުގައި މި މައްސަލަ ކުރިމަތިވެފައިވަނީ އެންމެ 5 އިންސައްތަ ބަލިމީހުނަށެވެ.

2. ލޯ ރަތްވުން

ލޯ ރަތް ވުމަކީ ވެސް ކޮވިޑް19 ގެ އަލާމާތެއްގެ ގޮތުގައި ވަނީ ފާހަގަކުރެވިފައެވެ. ޗައިނާ ގައި ދާދި ފަހުން ކުރި ދިރާސާއެއްގައި މިކަން ވަނީ ދެނެގަނެވިފައެވެ.

3. ގައިގެ ތަންތަން ހިރުވާ ރަތްވުން

ގައިގެ ތަންތަން ހިރުވާ ރަތްވާ ގޮތް ދިމާވުމަކީ ވެސް ކޮވިޑް19 ގެ އަލާމާތެއް ކަމުގައި އެންމެ ފަހުގެ ރިޕޯޓުތައް ބުނެއެވެ. މި މައްސަލަ އެންމެ ބޮޑަށް ކުރިމަތިވަނީ ކުޑަކުދިންނަށެވެ. އިޓަލީގައި ކޮވިޑް19 ޖެހުނު 88 މީހުންގެ ގްރޫޕެއްގެ ތެރެއިން 25 އިންސައްތަ މީހުންގެ ގައިން ވަނީ މި އަލާމާތް ފެނިފައެވެ.

4. އިނގިލި ތައް ދުޅަވުން

އިނގިލިތައް އަދި ވަކިން ހާއްސަކޮށް ފައިގެ އިނގިލިތައް ދުޅަވެ ރަތް ވުމަކީ ވެސް ކޮވިޑް19 ޖެހުނު ބައެއް ބަލި މީހުންގެ ފަރާތުން ފެނިފައިވާ އަލާމާތެކެވެ.

5. ބޮލުގައި ރިއްސުމާއި ބޯ އެނބުރުން

ޑަބްލިޔުއެޗްއޯ ގެ ތަފާސް ހިސާބުތަކަށް ބަލާއިރު ކޮވިޑް19 ޖެހުނު މީހުންގެ 14 އިންސައްތަ މީހުނަށް ވަނީ މި އަލާމާތް ކުރިމަތިވެފައެވެ. ސިއްހީ މާހިރުން ބުނާ ގޮތުގައި ބޮލުގައި ރިއްސާ ބޯ އެނބުރުމަކީ ކޮވިޑް19 އާ ދެކޮޅަށް ހަށިގަނޑުގެ ދިފާއީ ނިޒާމް ހަނގުރާމް ކުރުމުން ވާ ގޮތެއް ކަމަށެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!