ޚަބަރު

ﷲއަށް ހަމްދުހުރި، އިތުރު 46 މީހަކު ބަލިން ރަނގަޅު ވެއްޖެ

ދެން އެމްވީ ، ދެން އޮންލައިން

ރާއްޖެއިން ކޮވިޑް-19އަށް ފައްސިވި މީހުންގެ ތެރެއިން އިތުރު 46 މީހަކު ބަލިން ރަނގަޅު ވެއްޖެއެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ(އެޗްޕީއޭ) އިން ބުނީ މި 46 މީހުންނާއެކު ރާއްޖެއިން ބަލިން ރަނގަޅުވި މީހުންގެ އަދަދު މިހާރު ވަނީ 763 އަށް އަރާފައެވެ.

ރާއްޖެއިން މި ބަލިި ގިނައިން ޖެހިފައިވަނީ ބިދޭސީންނަށް ނަމަވެސް ރަނގަޅުވި މީހުންގެ ތެރެއިން ގިނައިން ހިމެނެނީ ދިވެހިންނެވެ.

މިހާތަނަށް 1901 މީހަކު ކޮވިޑަށް ފައްސިވެފައިވާއިރު، 16 މީހަކަށް އަންނަނީ ހޮސްޕިޓަލުގައި ފަރުވާ ދެމުންނެވެ. އަދި 8 މީހަކު ވަނީ ނިޔާވެފައެވެ. ނިޔާވި މީހުންގެ ތެރޭގައި ހިމެނެނީ ހަތަރު ދިވެހިންނާއި ހަތަރު ބިދޭސީ އެކެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!