ލަކްސް ރިސޯޓުން ކުޑަކުދިންގެ ހިޔާ އަށް 14،000 ޑޮލަރު ހަދިޔާކޮށްފި
ދައުލަތުގެ ބެލުމުގެ ދަށުގައި ތިބޭ ކުޑަ ކުދިންނަށް ލަކްސް ސައުތު އަރި އެޓޯލް ރިސޯޓުން 14،000 ޑޮލަރު (215،880ރ.) މިއަދު ހަދިޔާކޮށްފި އެވެ.
ލަކްސް ސައުތު އަރި އެޓޯލްގައި މިއަދު ކުރިއަށް ދިޔަ ރަސްމިއްޔާތެއްގައި އެ ރިސޯޓުގެ ފަރާތުން އެހީ ހަވާލު ކޮށްދެއްވީ ޖެނެރަލް މެނޭޖަރު ޖޮނަސް އަމްސްޓަޑެވެ. ޖެންޑާ މި ނިސްޓްރީގެ ފަރާތުން އެހީއާ ހަވާލުވެވަޑައިގެންނެވީ މިނިސްޓަރު ޝިދާތާ ޝަރީފެވެ.
ޖެންޑާ މިނިސްޓްރީން ބުނީ މި އެހީއަކީ ކުޑަކުދިންގެ ހިޔާއަށް ހަދިޔާ ކުރި 7،000 ލަރާއި، ފިޔަވައްޗަށް ހަދިޔާ ކުރި 7،000 ޑޮލަރު ކަމަށެވެ.
Ads by Allied Insurance