Wednesday, 28 October 2026
Advertisement
Allied Insurance (leaderboard)
ޚަބަރު

އައްޑޫ ލިންކު ރޯޑުގައި ދެ ކާރު ޖެހި އެއްކާރު މޫދަށް ވެއްޓިއްޖެ

އައްޑޫ ލިންކު ރޯޑުގައި ދެ ކާރު ޖެހި އެއްކާރު މޫދަށް ވެއްޓިއްޖެ

އައްޑޫ ލިންކު ރޯޑުގައި ހިނގި އެކްސިޑެންޓެއްގައި ދެ ކާރު ޖެހި އެއްކާރު މޫދަށް ވެއްޓިއްޖެއެވެ.

ހިތަދޫ ޕޮލިސް ސްޓޭޝަން ކުރިމަތީގައި ހިނގި މި ހާދިސާގައި ލިންކްގެ ރޯޑް އަރިމަތިން ތޮށިގަނޑާ ދިމާލުން ކާރު މޫދަށް ވެއްޓުނު ނަމަވެސް މީހަކަށް އަނިޔާއެއް ނުވެ އެވެ. އެކަމަކު ދެ ކާރަށް ވަނީ ގެއްލުން ވެފަ އެވެ.

މޫދަށް ވެއްޓުނު ކާރު މިހާރު ވަނީ ނަގައިފަ އެވެ. އެކްސިޑެންޓްވީ ދެ ކާރު ދެކޮޅަށް ދުއްވާފައި ދަނިކޮށެވެ.

Advertisement
Ooredoo — Truecaller (box)

މި އެކްސިޑެންޓުގައި އެއް ކާރު ކޮންޓްރޯލް ނުވެ ލިންކު ރޯޑުގެ އަރިމަތިން މޫދަށް ވެއްޓިފައިވާ އިރު އަނެއް ކާރު ވަނީ ކޮންޓްރޯލް ނުވެ މަގުގެ އަރިމަތީގައި ހުރި ލައިޓު ޕޯސްޓުގައި ޖެހިފައެވެ.

ފުލުހުން މިހާރު އަންނަނީ މި މައްސަލަ ތަހުގީގު ކުރަމުންނެވެ.

ރިއެކްޝަން

Advertisement
Ooredoo — Square (box)

ކޮމެންޓް