Wednesday, 28 October 2026
Advertisement
Ooredoo — Article-Top (leaderboard)
ޚަބަރު

ގްރޫޕް މާރާމާރީއަކާ ގުޅޭ ދެމީހަކު ހައްޔަރުކޮށްފި

މާލޭގައި ގުރޫޕަކުން ޒުވާނަކަށް ހަމަލާދީ މާރާމާރީއެއް ހިންގި ކަމުގެ ތުހުމަތުގައި ދެމީހަކު ހައްޔަރު ކޮށްފި އެވެ.

ފުލުހުން މިއަދު ބުނީ ބޮޑުތަކުރުފާނު މަގުގައި މަރާމާތަށް ބަންދު ކޮށްފައިވާ ފޮރިން މިނިސްޓްރީ އިމާރާތް ކައިރީގައި މި މަހުގެ ނުވަ ވަނަ ދުވަހު ރޭ ދަންވަރު ހުރި 19 އަހަރުގެ މީހަކަށް އެ ގްރޫޕުން ހަމަލާދީ މާރާމާރީ ހިންގި މައްސަލަ ފުލުހުންނަށް ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.

މާރާމާރީއާ ގުޅިގެން ދެ މީހަކު ހައްޔަރުކޮށް އެކެއްގެ ބަންދަށް ފަސް ދުވަސް ދެވަނަ މީހާގެ ބަންދަށް 12 ދުވަސް ކޯޓުން ހޯދާފައިވެ އެވެ.

މި މާރާމާރީގެ ވީޑިއޯ އެއް ވެސް ވަނީ ސޯޝަލް މީޑިއާގައި އާންމުވެފައި ވެއެވެ. ވީޑިއޯގައި ފެންނަނީ އެ ޒުވާނާ ގައިގައި 10 ވަރަކަށް މީހުންގެ ގްރޫޕަކުން ފައިންނާއި އަތުން ތަޅާ މަންޒަރާއި ސައިކަލެއްގައި ގޮސް ޖައްސާ މަންޒަރެވެ.

Advertisement
Ooredoo — Square (box)

ހަމަލާ ދިން ގުރޫޕު އެ ސަރަހައްދު ދޫކޮށް ގޮސްފައިވަނީ އެ ތަނަށް ފުލުހަކު ދިއުމުންނެވެ. އަދި އަނިޔާ ލިބުނު ޒުވާނާ ވެސް މަޑުމަޑުން ކޮޅަށް ތެދުވެ ހިނގާލާފައި ދާ މަންޒަރު ވެސް ފެނެ އެވެ.

ރިއެކްޝަން

Advertisement
Allied — Dhen Online (box)

ކޮމެންޓް