ލައިފްސްޓައިލް

ސަމާލުވޭ! ފައި ދުޅަވުމަކީ ވެސް ކޮވިޑް ގެ އަލާމާތެއް

ދެން އެމްވީ ، ދެން އޮންލައިން

ކޮރޯނާ ވައިރަސް އަކީ މުޅިން އަލަށް ފެތުރިގެން އުޅޭ ވައިރަސް އެއް ކަމަށް ވުމާއެކު ބަލީގެ އަލާމާތްތައް ދެނެގަތުން ވެގެން ދިޔައީ ވަރަށް ވެސް ބޮޑު ގޮންޖެހުމަކަށެވެ. އެކި މީހުން ގެ ކިބައިން ފެންނަ އަލާމާތްތައް ތަފާތުވެގެން ދިއުމަކީ ވެސް މީގެ އެއް ސަބަބެވެ.

Ads by STELCO

އެގޮތުން ދާދި ފަހުން މި ވަނީ ފައި ދުޅަވުމަކީ ވެސް ކޮވިޑް19 ގެ އަލާމާތެއްގެ ގޮތުގައި ފާހަގަވެފައެވެ.

އެގޮތުން ބައެއް މާހިރުން ބުނާ ގޮތުގައި ފައި ދުޅަވުން، ފައި ރަތްވެ ހަލާކުވުމަކީ ވެސް ކޮވިޑް19 ގެ އެންމެ ފުރަތަމަ އަލާމާތަށް ވެދާނެއެވެ.

ސްޕެނިޝް ޖެނެރަލް ކައުންސިލް އޮފް އޮފިޝަލް ޕޮޑިއަޓްރިސްޓް އިން ނެރުނު ރިޕޯޓެއްގައިވާ ގޮތުން ފައި ދުޅަވެ، ފައި ހަލާކުވެފައި ހުންނަ އިރު ބޮޑަށް ވައްތަރުވަނީ ޗިކަން ޕޮކްސް ޖެހިފައި ހުންނަ އިރު ހުންން ގޮތާއެވެ. ނަމަވެސް ޗިކަންޕޮކްސް އާ ހިލާފަށް އެ ތަންތަން ރަނގަޅު ވުމަށް ފަހުގައި ލަކުނު ނުލާ ކަމަށް ވެސް އެ ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ.

އިޓަލީ އިން ކޮވިޑް19 ޖެހުނު ބޮޑު އިންސައްތަ އެއްގެ މީހުން ގެ ފަރާތުން ވަނީ މި އަލާމާތް ފެނިފައެވެ. އަދި މި އަލާމާތް އާންމުކޮށް އުމުރުން ހަގު މީހުންގެ ގައިން ކަންވެސް ވަނީ ފާހަގަވެފައެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!