ޚަބަރު

އެމްޓީސީސީން މާލެ ވިލިމާލެ ފެރީ ދަތުރުތައް އިތުރުކޮށްފި

ދެން އެމްވީ ، ދެން އޮންލައިން

މާލެ ސަރަޙައްދުގައި އިއުލާންކޮށްފައިވާ ލޮކްޑައުންއަށް ލުއިތަކެއް ދޭން ނިންމުމާ ގުޅިގެން އެމްޓީސީސީން މާލެ އާއި ވިލިމާލެއާ ދެމެދު ބާއްވާ ފެރީތައް ދަތުރުތައް އިތުރުކޮށްފި އެވެ.

Ads by MWSC

މާލެ ސަރަޙައްދަށް ލޮކްޑައުން އިއުލާންކުރުމާއެކު ޕަބްލިކް ޓްރާންސްޕޯޓްގެ ހިދުމަތްދޭ ފެރީތަކާއި ބަސްތައް އާއްމު ޝެޑިއުލަށް އޮޕަރޭޓް ކުރުން ވަނީ ހުއްޓާލާފަ އެވެ. އަދި ފެރީ އާއި ބަހުގެ ހިދުމަތް ދެނީ ކޮންމެ ދުވަހެއްގެ ވަކި ވަގުތަކެއްގައި، ހުއްދަ އޮންނަ ފަރާތްތަކަށް އެކަންޏެވެ.

އެމްޓީސީސީން ބުނީ އިއްޔެއިން ފެށިގެން މާލެ އާއި ވިލިމާލެއާ ދެމެދު ބާއްވާ ފެރީ ދަތުރުތައް އިތުރުކޮށްފައިވާ ކަމަށެވެ. އެގޮތުން ވިލިނގިއްޔަށް މިހާރު ކުރާ ދަތުރުގެ ޝެޑިއުލަށް އަށް ދަތުރު އިތުރުކޮށްފައިވާ ކަމަށެވެ. އަދި ދި މި އިތުރު ކުރި ދަތުރުތަކުގެ ސަބަބުން ކުއްލި ހާލަތްތަކުގައި ދަތުރު ކުރާ ފަރާތްތަކަށް ލުއި ތަކެއް ލިބޭނެ ކަމަށެވެ.

އެމްޓީސީސީން ބުނީ ކުރިން ވިލިމާލެ އާއި މާލެއާ ދެމެދު ހަ ދަތުރު ބޭއްވި އިރު ދުވާލެއްގެ މައްޗަށް 450 މީހުން ދަތުރުކުރި ކަމަށެވެ. އަދި 12 ދަތުރު ބޭއްވި އިރު ދުވާލެއްގެ މައްޗަށް 950 މީހުން ދަތުރުކޮށްފައިވާ ކަމަށެވެ. ފުރަބަންދަށް ދިން ލުއިތަކާއެކު 20 ދަތުރު ކުރުމަށް ހަމަޖެހިފައިވާއިރު ދުވާލަކަށް 1400 އާއި 1500 މީހުން ދަތުރުކުރާނެ ކަމަށް ބެލެވޭ ކަމަށް އެކުންފުނިން ބުންޏެވެ.

އެ ކުންފުނިން ދަަނީ ކޮވިޑް-19 އާ ގުޅިގެން ވިލިމާލެ އާއި ގުޅިފަޅު އަދި ތިލަފުށީގެ އިތުރުން ރާއްޖޭގެ 11 އަތޮޅަކަށް ހާއްސަ ކާގޯ ފެރީތަކެއްވެސް ބާއްވަމުންނެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!