Wednesday, 28 October 2026
Advertisement
MWSC — SmartMeter (leaderboard)
ޚަބަރު

ފޭރެން އުޅެނިކޮށް ހައްޔަރު ކުރި ފުލުސް މީހާ ދޫކޮށްލައިފި

ބިދޭސީއެއްގެ އަތުން ފޭރެން އުޅެނިކޮށް ހައްޔަރުކުރި ފުލުސް މީހާ ދޫކޮށްލައިފިއެވެ.

ފުލުހުން ބުނީ އިއްޔެ ހިންގި އޮޕަރޭޝަނެއްގައި ބަންގްލަދޭޝް ރައްޔިތެއްގެ އަތުން ވޯކް ޕާމިޓާއި ފައިސާ ފޭރެން އުޅުނުކަމުގެ ތުހުމަތުގައި ރޭ 18:45 ހާއިރު ދެ މީހަކު ހައްޔަރު ކޮށްފައިވާ ކަމަށެވެ. ފުލުސް މީހާގެ އިތުރުން ހައްޔަރު ކޮށްފައިވަނީ 28 އަހަރުގެ ބަންގުލަދޭޝްގެ ރައްޔިތެކެވެ.

ފުލުހުން ބުނީ ފޭރެން އުޅުނު ކަމުގެ ތުހުމަތުގައި ހައްޔަރު ކުރި ފުލުސް މީހާ އާއި ބަންގްލަދޭޝް މީހާ ކުރިމިނަލް ކޯޓުން ޝަރުތުތަކަކާއެކު ބަންދުން މިއަދު ދޫކޮށްލާފައިވާ ކަމަށެވެ.

Advertisement
HDC — Sidebar (box)

މި މައްސަލާގައި ހައްޔަރުކުރި ފުލުސްމީހާ އަކީ ޕޮލިސް ލާންސް ކޯޕްރަލްއެއްގެ މަގާމުގައި މަސައްކަތް ކުރަމުންދިޔަ މީހެކެވެ. މިހާރު އޭނާ ވަނީ ވަޒީފާގެ މަސްއޫލިއްޔަތުތަކާއި ދުރުކޮށްފައެވެ. އަދި އޭނާގެ މައްސަލަ ފުލުހުންގެ ޕްރޮފެޝަނަލް ސްޓޭންޑާޑް ކޮމާންޑުން ބަލަމުންދާ ކަމަށްވެސް ފުލުހުން ބުންޏެވެ.

މީގެ އިތުރުން ހައްޔަރު ކުރެވުނު ބަންގްލަދޭޝް މީހާއަކީ އިމިގްރޭޝަންގެ ގާނޫނާއި ހިލާފަށް ރާއްޖޭގައި ދިރިއުޅެމުންދާ މީހެއް ކަމަށްވެސް ފުލުހުން ބުންޏެވެ.

މި މައްސަލައިގެ ޖިނާއީ ތަހްގީގެއް ފުލުހުން ދަނީ ކުރަމުންނެވެ.

ރިއެކްޝަން

Advertisement
Ooredoo — Truecaller (box)

ކޮމެންޓް