ޚަބަރު

ސަރުކާރުގެ ފޯކަސްއެއް ނެތް، ރައީސް އާއި ވަޒީރުންގެ ހިޔާލު ހުރީ ދެ އޯބިޓެއްގައި: ސައީދު

ދެން އެމްވީ ، ދެން އޮންލައިން

މި ސަރުކާރުގެ ފޯކަސްއެއް ނެތް ކަމަށާއި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އާއި ވަޒީރުންގެ ހިޔާލު ހުރީ ދެ އޯބިޓެއްގައި ކަމަށް ކުރީގެ އިކޮނޮމިކް މިނިސްޓަރު އަދި މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.

Ads by MWSC

ސައީދު މިހެން ވިދާޅުވީ ގުޅީ ފަހު ހިއްކުމުގެ މަޝްރޫއު ފެށުމުން ތިމާވެއްޓަށް ލިބޭ ގެއްލުންތަކުގެ ޝަކުވާ ބޮޑުވެފައި ވަނިކޮށެވެ.

އިގްތިސާދަށް ވުރެ ތިމާވެށި އިސްކުރަން ޖެހޭނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ ވިދާޅުވެފައިވާއިރު، ސަރުކާރުގެ ފްލޭނިން މިނިސްޓަރު މުހައްމަދު އަސްމަލް ވިދާޅުވަނީ ގުޅިފަޅު މަޝްރޫއިން ތިމާވެއްޓަށް ލިބޭނެ ގެއްލުން ވަރަށް ބޮޑު ނަމަވެސް އެ މަޝްރޫއު ކުރިޔަށް ގެންދިޔުމަކީ އިގްތިސޯދަށް ވަރަށް މުހިންމު ކަމަކަށް ވާތީ، އެ މަޝްރޫއު ކުރިޔަށް ގެންދިޔުން ނޫން ގޮތެއް ނެތް ކަމަށެވެ.

މިކަމާ ގުޅިގެން ސައީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ސަރުކާރުން ކުރާ ކޮންމެ ކަމެއްގައި ވަނީ އޮޅުމާއި އޮޅުވާލުން ކަމަށެވެ.

"ރައީސް އާއި ވަޒީރުންގެ ހިޔާލު 2 އޯބިޓެއްގައި. ސަރުކާރުގެ ފޯކަސް އެއް ނެތް ކަމުގެ މިސާލެއް." ސައީދު ވިދާޅުވިއެވެ.

ގުޅީފަހު ހިއްކުމާ ގުޅޭ ގޮތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވީ ތަރައްގީގެ ގިނަ މަސައްކަތްތަކަކުން ތިމާވެއްޓަށް ނުރަނގަޅު އަސަރު ކުރާ ކަމަށާއި ނަމަވެސް ރައްޔިތުންނަށް ބޯހިޔާވަހިކަން ހޯދައިދީ ތޮއްޖެހުން ކުޑަކުރަން މާލެ ސަރަހައްދު ހިއްކަން ޖެހޭ ކަމަށެވެ.

އެންވަޔަރަމެންޓް ޕްރޮޖެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ވެސް ކޮމިޓީގައި ބުނެފައިވަނީ މަޝްރޫއު ހުއްޓާލަން އަންގަން ޖެހޭ މިންވަރަށް ތިމާވެއްޓަށް އަސަރު ކުރަމުން ނުދާ ކަމަށެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!