ޚަބަރު

ނާޒިމްއަފާ ފަައުންޑޭޝަނުގެ ފަރާތުން ޑްރައިވަރުންގެ އެސޯސިއޭޝަނަށް 6000 ޕީޕީއީ ހަދިޔާ ކޮށްފި

ދެން އެމްވީ ، ދެން އޮންލައިން

ދަނގެތި ދާއިރާގެ މެމްބަރު ކާނަލް މުހައްމަދު ނާޒިމްގެ، ނާޒިލްއަފާ ފައުންޑޭޝަންގެ ފަރާތުން ދިވެހި ޑްރައިވަރުންގެ އެސޯސިއޭޝަނަށް 6000 ޕީޕީއީ އައިޓަމްސް ހަދިޔާ ކޮށްފިއެވެ.

ނާޒިމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ދިވެހި ޑްރައިވަރުންނަކީ ހީވާގިކަމާއެކު ގިނައިރު މަސައްކަތުގައި ހޭދަކުރަަ ބައެއް ކަމަށެވެ.

ނާޒިމްއަފާ ފަައުންޑޭޝަނުގެ ފަރާތުން ދިވެހި ޑްރައިވަރުންގެ އެސޯސިއޭޝަނަށް، ޕީޕީއީގެ 6000 އައިޓަމްސް ހަދިޔާކޮށްފިން." ނާޒިމް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ހަދިޔާ ކުރި ޕީޕީއީގެ 6000 އައިޓަމްސް ތެރޭގައި ސެނިޓައިޒާ ފުޅި، ފޭސް މާސްކް އަދި އަންގި ހިމެނޭނެ ކަމަށެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!