ޚަބަރު

ލަންކާގައި ތާށިވެފައި ތިބި ދިވެހިން އަންނަ ބުދަ ދުވަހު ރާއްޖެ ގެންނަނީ

ދެން އެމްވީ ، ދެން އޮންލައިން

ކޮވިޑް-19 އާ ގުޅިގެން ސްރީލަންކާގައި ތާށިވެފައި ތިބި ދިވެހިންގެ ތެރެއިން ރާއްޖެއަށް އަންނަން ބޭނުންވާ ދިވެހިން ގެނައުމުގެ މަސައްކަތް އަންނަ ބުދަ ދުވަހު ފަށާނެ ކަމަށް ފޮރިން މިނިސްޓްރީން ބުނެފިއެވެ.

Ads by MWSC

އެ މިނިސްޓްރީން ބުނީ މިމަހުގެ 10 ވަނަ ދުވަހު އޮތް ފްލައިޓުގައި އިސްކަން ދޭނީ ލަންކާ އަށް ބޭސްފަރުވާ އަށް ގޮސް އަނބުރާ ރާއްޖެ ނާދެވި ތިބި މީހުންނާއި، ޓޫރިސްޓުންގެ ގޮތުގައި ލަންކާ އަށް ގޮސް ނާދެވި ތިބި މީހުންގެ އިތުރުން ކިޔަވާ ދަރިވަރުންގެ ތެރެއިން ކޯސް ނިމި ރާއްޖެ އަށް އަނބުރާ ނާދެވި ތިބި މީހުންނާއި، ސިއްހީ ސަބަބުތަކަށްޓަކައި އަނބުރާ އަންނަން ބޭނުންވާ މީހުން، އަދި ދިރިއުޅުމުގެ ހާލަތު ހުރި ގޮތުން އެނބުރި އަންނަން ބޭނުންވާ މީހުންނަށް ކަމަށެވެ.

ނަމަވެސް ފްލައިޓްގައި ޖާގަ އޮތް ވަރަކުން އިތުރު މީހުންނަށް ވެސް ޖާގަ ދޭނެ ކަމަށް ފޮރިން މިނިސްޓްރީން ބުންޏެވެ.

ފްލައިޓުގެ ކެޕޭސިޓީ ހުރި މިންވަރަށް ބަލައި އެ ގައުމުގައި އަންނަން ބޭނުންވެފައި ތިބި އެންމެނަށް ފުރަތަމަ ފްލައިޓުގައި ރާއްޖެ ނާދެވުމަކީ އެކަށީގެންވާ ކަމެއް ކަމަށާއި އެހެންނަމަވެސް ކުރިއަށް އޮތް ތަނުގައި އަދިވެސް ލަންކާގެ ވެރިރަށް ކޮލަންބޯއިން އިތުރު ފްލައިޓުތައް ރާއްޖެ އަށް ބާއްވާނެ ކަމަށް މިނިސްޓްރީން ބުންޏެވެ.

އެ މިނިސްޓްރީން ބުނީ ލަންކާގައި ތިބި ދިވެހިން ގެނައުމުގެ ދަތުރު ހަމަޖައްސާފައިވަނީ ސްރީލަންކަން އެއާލައިން މެދުވެރިކޮށް ކަމަށެވެ.

Ads by PNC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!