ކުޑަ ކުއްޖަކު ސްކޫލްގެ ބެލްކަނީގައި ރޯން ހުރި މައްސަލައެއް ފުލުހަށް
ކުޑަ ކުއްޖަކު މާފަންނު މަދަރުސާގެ ބެލްކަނީގައި އެކަނި ރޯން ހުރި މައްސަލަ އާއިލާގެ ފަރާތުން ފުލުހަށް ހުށަހަޅައިފި އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ، ކުޑަ ކުއްޖަކު މާފަންނު މަދަރުސާގެ ބެލްކަނީގައި އެކަނި ރޯން ހުރި މައްސަލައެއް މިއަދު ފުލުހަށް ހުށަހަޅާފައިވާ ކަމަށާއި އެ މައްސަލަ ފުލުހުން އަންނަނީ ބަލަމުން ކަމަށެވެ.
ސޯޝަލް މީޑީއާގައި އިއްޔެ އާންމުވި ވީޑިއޯ އަކުން ފެންނަ ގޮތުން، ޕްރީ ސްކޫލް ޔުނީފޯމްގައި ހުރި ކުޑަ އަންހެން ކުއްޖަކު މާފަންނު މަދަރުސާގެ ތިން ވަނަ ބުރީގެ ބެލްކަނީގައި ރޯން ހުރެ އެވެ. ކުއްޖާ ހުރީ ގިނި ކަންޏާ އެވެ. އެ ފްލޯއިން ވެސް މީހަކު ފެންނާކަށް ނެތެވެ.
އެ ކުއްޖާ އެތަނުގައި އެކަނި ރޯން ހުއްޓައި މަގަމަތިން ދިޔަ ބަޔަކު ވަނީ އެކަން ސްކޫލަށް ރިޕޯޓްކޮށްފަ އެވެ.