Wednesday, 28 October 2026
Advertisement
HDC — Share-Below (leaderboard)
ޚަބަރު

ﷲއަށް ހަމްދުހުރި، އިތުރު 54 މީހަކު ބަލިން ރަނގަޅު ވެއްޖެ

ﷲއަށް ހަމްދުހުރި، އިތުރު 54 މީހަކު ބަލިން ރަނގަޅު ވެއްޖެ

ރާއްޖެއިން ކޮވިޑް-19 އަށް ފައްސިވި މީހުންގެ ތެރެއިން އިތުރު 54 މީހަކު ބަލިން ރަނގަޅު ވެއްޖެއެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ(އެޗްޕީއޭ) އިން ބުނީ މި 54 މީހުންނާއެކު ރާއްޖެއިން މި ބަލިން ރަނގަޅުވި މީހުންގެ އަދަދު މިހާރު ވަނީ 827 އަށް އަރާފައިވާ ކަމަށެވެ.

ރާއްޖެއިން މި ބަލިި ގިނައިން ޖެހިފައިވަނީ ބިދޭސީންނަށް ނަމަވެސް ރަނގަޅުވި މީހުންގެ ތެރެއިން ގިނައިން ހިމެނެނީ ދިވެހިންނެވެ.

Advertisement
Ooredoo — Truecaller (box)

ރާއްޖެއިން މިހާތަނަށް 1903 މީހަކު ފައްސިވެފައިވާއިރު، 16 މީހަކަށް ހޮސްޕިޓަލުގައި ދަނީ ފަރުވާ ދެމުންނެވެ. އަދި މި ބަލީގައި އަށް މީހަކު ވަނީ މަރުވެފައެވެ. މަރުވެފައިވާ މީހުންގެ ތެރޭގައި ހިމެނެނީ ހަތަރު ދިވެހިންނާއި ހަތަރު ބިދޭސީ އެކެވެ.

ރިއެކްޝަން

Advertisement
Ooredoo — Square (box)

ކޮމެންޓް