Wednesday, 28 October 2026
Advertisement
STO — McCoy (leaderboard)
ޚަބަރު

މާދަމާގެ ޖަލްސާގައި ބައިވެރިނުވާން އިދިކޮޅު މެމްބަރުން ނިންމަވައިފި

މާދަމާގެ ޖަލްސާގައި ބައިވެރިނުވާން އިދިކޮޅު މެމްބަރުން ނިންމަވައިފި

ރައްޔިތުންގެ މަޖިލީހުގެ މާދަމާގެ ޖަލްސާގައި ބައިވެރިނުވާން އިދިކޮޅު ޕީޕީއެމް/ޕީއެންސީގެ މެމްބަރުން ނިންމައިފިއެވެ.

ޕްރޮގްރެސިވް ކޯލިޝަނުގެ ޖޮއިންޓް ޕާލަމެންޓްރީ ގްރޫޕްގެ ފަރާތުން މިރޭ ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ މި މަހުގެ ދެވަނަ ދުވަހުގެރޭ ބޭއްވި ޖަލްސާގައި މަޖިލީހުގެ ރައީސް، މުހައްމަދު ނަޝީދު އެމްޑީޕީގެ މެމްބަރުން ލައްވާ ނައިފަރު ދާއިރާގެ ޕީޕީއެމް މެމްބަރު އަހުމަދު ޝިޔާމް އަށް އަނިޔާކޮށް، ޝިޔާމްގެ ހާލު ދެނެގަތުމަށް ޖަލްސާކުރާ މާލަމުން ނިކުންނެވި އިދިކޮޅު މެމްބަރުން ޖަލްސާގައި ބައިވެރިނުކޮށް، އަދި މެމްބަރުންނަށް ވާހަކަ ދެއްކުމާއި ވޯޓު ލުމުގެ ހައްގު ވެސް ނިގުޅައިގެންފައިވާ ކަމަށެވެ.

އަދި މަޖިލީހުގެ ކަރާމާތަށް އުނިކަމެއް އަތުވެދާނެ ކަމަށް ބެލެވޭ ކަމެއް ފާހަގަކުރެވިއްޖެނަމަ، އެކަމެއް ހުއްޓުވުމަށް ކުރަންޖެހޭ ކަންކަން ކުރުމަކީ މަޖިލީހުގެ ރައީސްގެ ޒިންމާއެއް ކަމަށް މަޖިލީހުގެ ގަވާއިދުގައި ބަޔާންކޮށްފައިވީ ނަމަވެސް އެ މަސްއޫލިއްޔަތު އަދާނުކުރައްވައި މަޖިލީހުގެ ހުރުމަތާއި ކަރާމާތާއި ގަދަރު ކުޑަވާގޮތަށް މަޖިލީހުގެ ރައީސް އަމަލުކުރައްވާފައިވާ ކަމަށްވެސް އެ ބަޔާނުގައި ބުނެފައިވެއެވެ.

Advertisement
Ooredoo — Truecaller (box)

މީގެއިތުރުން މަޖިލީހާއި މެމްބަރުންގެ ސަލާމަތީ ކަންކަން، ދައުލަތުގެ ސަލާމަތީ ހިދުމަތްތައް މެދުވެރިކޮށް ފުރިހަމައަށް އިންތިޒާމުކޮށްފައި ނުވާ ކަމަށާއި އެހެންކަމުން އިދިކޮޅު މެމްބަރުންނަށް ސަލާމަތާއި ރައްކާތެރިކަމާއެކު، ގާނޫނީ ޒިންމާ އަދާކުރެވޭނެ މާހައުލެއް އޮތް ކަމަށް ނުފެންނަ ކަމަށްވެސް އެ ބަޔާނުގައި ބުނެފައިވެއެވެ.

އަދި އެރޭގެ ޖަލްސާގައި ލިބުނު އަނިޔާތަކުގެ ސަބަބުން މެމްބަރު ޝިޔާމުގެ ސިއްހީ ހާލުކޮޅު ގޯސްވެފައިވާތީ އާއި އެކަމާ ގުޅޭ ޖިނާއީ ތަހުގީގެއް ހިނގަމުންދާތީ އިދިކޮޅު މެމްބަރުން މަޖިލީހުގެ މާދަމާގެ ޖަލްސާގައި ބައިވެރި ނުވާނެ ކަމަށް ބުނެފައިވެއެވެ.

ރިއެކްޝަން

Advertisement
Allied — Dhen Online (box)

ކޮމެންޓް