ޚަބަރު

މޭ މަހުގެ އިންކަމް ސަޕޯޓް އެލަވަންސް އަށް އެދުމުގެ މުއްދަތު އިތުރުކޮށްފި

ދެން އެމްވީ ، ދެން އޮންލައިން

ކޮވިޑް19 ގެ ސަބަބުން އާމްދަނީ އަށް އަސަރު ކޮށްފައިވާ ފަރާތްތަކަށް މޭ މަހުގެ "އިންކަމް ސަޕޯޓު އެލަވަންސް" އަށް އެދި ހުށަހެޅުމުގެ މުއްދަތު އިތުރުކޮށްފިއެވެ.

Ads by Sosun Fihaara

އިކޮނޮމިކް މިނިސްޓްރީން މިރޭ ބުނީ އިންކަމް ސަޕޯޓް އެލަވަންސް ދިނުމަށް ނިންމާފައި ވަނީ އޭޕްރީލް އަދި މެއި މަހުގެ އިތުރުން ޖޫން މަހުގައި ކަމަށާއި އެގޮތުން މެއި މަހުގެ އެލަވަންސްއަށް އެދުމުގެ މުއްދަތު މިއަދު ހަމަވެފައިވާއިރު ގިނަ ފަރާތްތަކަކަށް ފުރުސަތު ދިނުމުގެ ގޮތުން އެ މުއްދަތު އިތުރުކުރަން ނިންމާފައިވާ ކަމަށެވެ.

އެހެންކަމުން މޭ މަހުގެ އެލަވެންސަށް އެދި ހުށަނާޅާ ފަރާތްތަކުން ފޯމު ފުރިހަމަކުރުމަށްފަހު ހުށަހެޅުމަށް މިނިސްޓްރީން ވަނީ އެދިފައެވެ.

މިނިސްޓްރީން އިތުރަށް ބުނީ އޮންލައިންކޮށް އުޒުރުވެރިވާ ފަރާތްތަކުން އެޕްލިކޭޝަން ފޯމް ފުރުމަށްފަހު، އީމެއިލްގެ ޒަރިއްޔާއިން [email protected] ވެސް ފޮނުވިދާނެ ކަމަށެވެ.

ކޮވިޑް-19 އާ ގުޅިގެން ވަޒީފާއަށް އަސަރު ކުރި ފަރާތްތަކަށް އެލަވެންސްގެ ގޮތުގައި ދޭން ނިންމާފައި ވަނީ 5000 ރުފިޔާ އެވެ. އެގޮތުން އެލަވަންސް ދޭނެ ގޮތުގެ އުސޫލެއް ވެސް މިނިސްޓްރީން އާންމުކޮށްފައިވެ އެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!