ޚަބަރު

ކޮވިޑް-19: ގޭގައި ކަރަންޓީނު ކުރުމަށް މާދަމާ 100 މީހަކު ފުރުވާލަނީ!

ދެން އެމްވީ ، ދެން އޮންލައިން

ކޮވިޑް-19 އާއި ގުޅިގެން މާލޭގައި ތާށިވެފައިވާ މީހުންގެ ތެރެއިން ގޭގައި ކަރަންޓީނު ކުރުމަށް މާދަމާ 100 މީހަކު ފުރުވާލުމަށް ނިންމާފައިވާ ކަމަށް، ސަރުކާރުގެ ފަރާތުން ބޭއްވި ނޫސް ކޮންފަރަންސްގައި މިރޭ އެލްޖީއޭ އިން ބުނެފިއެވެ.

Ads by MWSC

އެލްޖީއޭގެ ޑިރެކްޓަރ ޖެނެރަލް އާދަމް ޝަރީފް ވިދާޅުވީ މާދަމާ ފުރުވާލުމަށް ހަމަޖެހިފައިވަނީ އައްޑޫ ސިޓީ އަށް 50 މީހަކާއި، ފުވައްމުލައް ސިޓީ އަށް 50 މީހެއް ކަމަށެވެ.

އެމީހުން ފުރުވާލުމަށް މިހާރު ހަމަޖެހިފައިވާއިރު، އެދެސިޓީގައި އެމީހުން ބައިތިއްބާނެ ގެތައް ވެސް މިހާރު ވަނީ ހަމަޖެހިފައި ކަމަށް ޝަރީފް ވިދާޅުވިއެވެ.

އައްޑޫސިޓީއަށް ފުރުވާލާ މީހުން މިއަދު ކޮވިޑް-19 އަށް ޓެސްޓު ކޮށްފައިވާއިރު، ފުވައްމުލަކަށް ފުރުވާލާ މީހުން މާދަމާ ހެނދުނު ޓެސްޓު ކުރަން ހަމަޖެހިފައިވާ ކަމަށް ވެސް ޝަރީފް ވިދާޅުވިއެވެ.

ހޯމް ކަރަންޓީނަށް އިއްޔެ ވެސް އައްޑޫއަށް 42 މީހަކު ފޮނުވާލާފައިވެއެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!