މޭވާ ކާން އެންމެ ރަނގަޅު ވަގުތުތައް
މޭވާ އަކީ ކޮންމެ ދުވަހަކު ކާން ޖެހޭ ކާނާއެކެވެ. އިންސާނާގެ ހަށިގަނޑަށް ވިޓަމިންސް އަދި މިނެރަލްސް ގިނައަދަދަކަށް ލިއްބައިދޭ އެއްޗަކަށް މޭވާ ވެފައިއޮންނައިރު އަޅުގަނޑު މެންގެ ހަށިގަނޑަކީ 24 ގަޑިއިރު ހުއްޓާނުލާ މަސައްކަތް ކުރަމުން އަންނަ މެޝިނެއްފަދަ އެއްޗެކެވެ. ދުޅަހެޔޮ ސިއްހަތެއްގައި ހަށިގަނޑު ބެހެއްޓުމަށް ވަރަށް ގިނަ ރޯލްތަކެއް ހަށިގަނޑުން އަދާ ކުރާ އިރު ހަށިގަނޑުގެ އެތެރޭގައި ވާ ގުނަވަންތައް އެންމެ ފުރިހަމައަށް ހިންގައިދޭނީ ތާޒާ މޭވާ އަދި ތަރުކާރީގެ ބާވަތްތައް ކޮންމެ ދުވަހަކުވެސް ބޭނުން ކުރުމުންނެވެ.
އެހެންކަމުން މޭވާ ކެއުމަށް އެންމެ ރަނގަޅު ވަގުތުތަކަކީ ކޮބައިކަން ބަލާލަން އެބަ ޖެހެއެވެ.
ސިއްޙީ މާހިރުން ބުނާގޮތުގައި މޭވާ ކާން އެންމެ ރަނގަޅީ ހެނދުނު ހޭލައިގެން އައިސް ހުސް ގޮހޮރާ ހުރެގެންނެވެ. އަދި އެންމެ ރަނގަޅީ ހުސްގޮހޮރާ ހުރެ މޭވާކައިގެން އިތުރު އެހެން އެއްވެސް އެއްޗެއް ނުބޮއެ ހަމައެކަނި ފެންތައްޓެއް ބޯލުން ކަމަށެވެ. އަދި ހެނދުނު ވަގުތުގައި މޭވާ ކާ ނަމަ ދުވަހުގެ ކާނާ ގައި ހަކުރު އަދި ކެލޮރީ މާ ގިނައިން ބޭން ކުރުމުން ދުރުކޮށްދޭނެއެވެ.
ހެނދުނު ސައިބުއިމާއި މެންދުރު ކެއުމާ ދޭތެރެ އަކީ ގިނަ ބަޔަކު ވަރަށް ބަނޑުހައިވެ ކޮންމެވެސް ޖަންކް ފުޑެއް ކައި އުޅޭ ވަގުތެކެވެ. ނަމަވެސް މި ވަގުތު ކޮޅުގައި އެއްޗެއް ކާހިތް ވެއްޖެ ނަމަ ކާލަން އެންމެ ރަނގަޅީ ފުރުޓެވެ.
ކޮންމެ ކެއުމެއްގެ ފަހުގައި ކާން ޖެހޭ ފޮނި ކާތަކެތީގެ ބަދަލުގައި ވެސް ފުރުޓެއް ކާލާށެވެ. ލިބޭ ހިތްހަމަ ޖެހުން އިތުރުވެ ހަށިގަނޑަށް ވެސް ފައިދާ ކުރާނެއެވެ.
ކަސްރަތު ކުރުމުގެ ކުރިން ވެސް އަދި ފަހުން ވެސް މޭވާ އެއް ކާލަން އާދަކުރާށެވެ.
މޭވާކާން އެންމެ ރަނގަޅު ވަގުތެއް ވީފަދައިން މޭވާ ކާން އެންމެ ނުރަނގަޅު ވަގުތެއް ވެސް ވެއެވެ. ރޭގަނޑު ނިދުމުގެ ކުރީން އެއްގޮތަކަށް ވެސް މޭވާ ކެއުން ރަނގަޅު ނޫންކަމަށް ސިއްޙީ މާހިރުން ބުނެއެވެ. ސަބަބަކީ މޭވާއަކީ އޭގައި ގިނައަދަދަކަށް ހަކުރު އެކުލެވޭ އެއްޗަކަށް ވެފައި ހަށިގަނޑުގައި ހަކުރު ލެވެލް މަތިކޮށްލާތީއެވެ. އަދި މޭވާކާން އެންމެ ރަނގަޅީ ކާނާ ކެއުމުގެ 30 މިނެޓް ކުރިންނެވެ. އަދި ކާނާ ކެއުމަށްފަހު ވެސް 30 މިނެޓް ފަހުންނެވެ. ސަބަބަކީ މޭވާ އަކީ ހައި ފައިބަރ އެކުލެވޭ އެއްޗަކަށް ވުމުން ހަޖަމް ކުރަން ވަގުތުނަގާތީއެވެ.