Wednesday, 28 October 2026
Advertisement
STO — McCoy (leaderboard)
ޚަބަރު

މަހަށް ނުކުމެ އުޅުނު މީހެއްގެ ކަރުގައި ކަންވާރެއް އޮޅިގެން މަރުވެއްޖެ

ށ. ފުނަދޫއިން މަހަށް ނިކުމެ އުޅުނު މީހެއްގެ ކަރުގައި ކަންވާރު އޮޅިގެން އޭނާ މަރުވެއްޖެ އެވެ.

ފުލުހުން ބުނީ މިއަދު މެންދުރުގެ ވަގުތެއްގައި ފުނަދޫއިން ޑިންގީއެއްގައި މަސްވެރިކަމަށް ނިކުމެގެން އުޅުނު މީހަކު މަހެއް ގަނެގެން މޫދަށް ވެއްޓިފައިވާ ކަމަށާއި އޭނާގެ ކަރުގައި ކަންވާރު އޮޅި މަރުވެފައިވާ ކަމަށެވެ. އެ ހާދިސާގައި މަރުވީ 59 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށާއި އޭނާ ހޮސްޕިޓަލަށް ގެންދިޔަ އިރު ވެސް މަރުވެފައިވާ ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ އޭނާ މަސްވެރިކަމަށް ނިކުމެ އުޅުނީ އެކަނި ކަމަށާއި އޭނާ މޫދަށް ވެއްޓިފައި އޮއްވާ ފެނުނީ އެ ސަރަހައްދުގައި އުޅުނު ދޯންޏަކަށެވެ. އެ މައްސަލަ ފުލުހުން އަންނަނީ ތަހުގީގު ކުރަމުންނެވެ.

Advertisement
Ooredoo — Square (box)

ރިއެކްޝަން

Advertisement
Allied Insurance — Square (box)

ކޮމެންޓް