Wednesday, 28 October 2026
Advertisement
Ooredoo — Article-Top (leaderboard)
ޚަބަރު

ރަނގަޅަށް ނުނިދޭނަމަ ފެންވަރާ ގަޑިތައް ބަދަލުކޮށްލާ

ރަނގަޅަށް ނުނިދޭނަމަ ފެންވަރާ ގަޑިތައް ބަދަލުކޮށްލާ

ރަނގަޅަށް ނުނިދޭނަމަ އެކަމަށް އޮތް ހައްލަކީ ފެންވަރާ ގަޑިތައް ބަދަލުކުރުން ކަމުގައި އެމެރިކާ ގައި ކުރި ދިރާސާއަކުން ދައްކައިފިއެވެ.

އެގޮތުން ނިދުމުގެ އެއްގަޑިއިރު ކުރިން ހޫނު ފެނުން ރަނގަޅަށް ފެންވަރާނަމަ 10 މިނެޓުގެ ތެރޭގައި އެމީހަކަށް ނިދި ޖެހޭ ކަމަށް މި ދިރާސާއިން ވަނީ ހާމަވެފައެވެ. ސައިންސް ޑައިރެކްޓުގައި ޝާއިއު ކޮށްފައިވާ މި ދިރާސާގައި ވަނީ ނިދުމާ ފެންވެރުމާ ގުޅުން ހުރި 5000 ވުރެ ގިނަ ސާވޭ ދިރާސާ ކޮށްފައެވެ.

ނިދުމުގެ އެއް ގަޑިއިރު ކުރިން ފެންވަރަން ޖެހޭ ކަމަށް މި ދިރާސާ ގައި ފާހަގަ ކޮށްފައިވަނީ ހަވީރު އަދި ރޭގަނޑުގެ ވަގުތު ތަކުގައި ހަށިގަނޑުގެ ފިނިހޫނުމިން ވަކި ވަރަކަށް ވުރެ މަތީގައި ހުންނާތީއެވެ. މިއީ ނިދުމަށްޓަކައި އެމީހާގެ ފިނިހޫނުމިން ހުންނަން ޖެހޭ ވަރަށް ވުރެ މަތިކަމުގައި މި ދިރާސާގެ ރިޕޯޓުގައި ވަނީ ފާހަގަކޮށްފައެވެ.

Advertisement
HDC — Sidebar (box)

އެގޮތުން ނިދުމުގެ ވަކި އިރެއް ކުރިން ހޫނު ފެނުން ފެންވަރާލުމުން ހަށިގަނޑު ގެ ފިނިހޫނު މިން ފިނިވެ، ނިދުމަށް އެންމެ އެކަަށީގެންވާ ފިނިހޫނުމިނުގައި ބަހައްޓައިދެއެވެ.

ރިއެކްޝަން

Advertisement
Ooredoo — Truecaller (box)

ކޮމެންޓް