ލައިފްސްޓައިލް

މާ ގިނައިން ފޯނާ ކުޅެވެނީތަ؟ މިއޮތީ ދުރުވާނެ ގޮތް

ދެން އެމްވީ ، ދެން އޮންލައިން

ފޯނަކީ މިހާރު ގިނަ ބައެއްގެ އެންމެ ގާތް ރަހުމަތްތެރިޔާ އަށް މިވަނީ ވެފައެވެ. ހެނދުނު ފުރަތަމަ ލޯ ހުޅުވާލުމާއެކު ވެސް ބަލާލެވެނީ ފޯނަށެވެ. ރޭގަނޑު ނިދަން ލޯ މަރާލުމުގެ ކުރިން އެންމެ ފުރަތަމަ ބަލާލެވެނީ ފޯނަށެވެ. ރައްޓެހިންނާއެކު ބޭރަށް ދިޔަޔަސް ކައިރީގައި ތިބި މީހުންނަށް ވުރެ ގިނައިން ފޯނަށް ބެލޭ މީހުން ވެސް މަދެއް ނޫނެވެ.

Ads by STELCO

ހަމައެހެންމެ ފޯނަށް ދެވިހިފާފައިވާ ބައެއް މީހުނަކީ ފޯނާ ދުރުވާން މަސައްކަތް ކޮށްމެ، ދުރުނުވެވިފައިވާ މީހުނެވެ. މި ހިމަނާލަނީ ފޯނާ ދުރުވާން ބޭނުންވާ ފަރާތްތައް އެކަން ކުރެވިދާނެ ބައެއް ގޮތްތަކެެވެ.

1. މީސް މީޑިއާ އިން ބްރޭކެއް ނެގުން

ފޯނަށް ދެވި ހިފާފައިވާ ބޮޑު އިންސައްތަ އެއްގެ މީހުނަކީ މީސް މީޑިއާ އަށް ދެވިހިފާފައިވާ މީހުނެވެ. އަދި ފޯނާ ދުރުވާން ބޭނުން ނަމަ އެންމެ ފުރަތަމަ ވެސް ކުރަންވީ ކަމަކީ މީސް މީޑިއާ އިން ބްރޭކެއް ނެގުމެވެ.

2. ކޮންމެހެން ބޭނުން ނޫން އެޕްތައް ޑިލިޓު ކޮށްލާ

ކޮންމެ މީހެއްގެ ފޯނަށް ބަލާލިޔަސް އެތަކެއް ބައިވަރު އެޕް ތަކެއް ޑައުންލޯޑް ކޮށްފައި ހުންނަ ތަން ފެނެއެވެ. މީގެ ތެރޭގައި ގިނަ ފަހަރު ބޭނުން ނުކޮށް ހުންނަ އެޕް ތައް ވެސް ގިނަ ކަން ފާހަގަކޮށްލަން ޖެހެއެވެ. ކޮންމެހެން ބޭނުން އެޕް އެއް ނޫން ނަމަ އެ އެޕް އެއް ވެސް ޑިލިޓުކޮށްލާށެވެ. އެއީ ފޯނާ ދުރުވުމަށް އެޅޭނެ ފިޔަވަޅެކެވެ.

3. ކައިރީގައި އުޅޭ މީހުނާ ވާޙަކަ ދައްކަން މަސައްކަތް ކުރޭ

2014 ވަނަ އަހަރު ކުރި ދިރާސާއަކުން ދައްކާ ގޮތުގައި ފޯނުގެ ސަބަބުން އެތައް ބައެއްގެ ވާހަކަ ދެއްކުން ހުއްޓި ރުޅި ވާން ޖެހިފައި އެބަހުރިއެވެ. ފޯނާ ދުރުވާން ބޭނުން ނަމަ ގިނަ މީހުނާ ވާހަކަ ދައްކަން މަސައްކަތް ކުރާށެވެ.

4. ނުފެންނަ ހިސާބުގައި ފޯނު ބާއްވާ

ފޯނު ނުފެންނަ ހިސާބުގައި ބާއްވައިގެން އުޅޭނަމަ ފޯނު މަތިން ހަނދާން ވާ މިންވަރު ކުޑަ ވެގެންދާނެ ކަމަށް މާހިރުން ބުނެއެވެ.

5. ހުސް ވަގުތު ގައި ކުރާނެ މަސައްކަތެއް ހޯދާލަމާ

މާހިރުން ބުނާ ގޮތުގައި ފޯނާ ކުޅެވޭ މައިގަނޑު އެއް ސަބަބަކީ ކުރާނެ ކަމެއް ނެތި ފޫހިވުމެވެ. އެކަމަށް އޮތް ހައްލަކީ ހުސް ވަގުތު ތައް ފުރާލާނެ ކަމެއް ހޯދުމެވެ. ލޮކްޑައުން އަށް ވުމާއެކު އަވަހަށް އާ ކަމެއް ޓްރައި ކޮށްލާށެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!